އުދައްޔު މަރާލުމުގައި ބައިވެރިވިކަން ސާބިތުވި ދެ މީހުން މެރުމަށް ހުކުމްކޮށްފި

Advertisement

އެންމެ ފަސް

Advertisement

2021 ވަނަ އަހަރު ގއ. މާމެންދޫގައި ހިންގި މާރާމާރީއެއްގެ ތެރެއިން އަހްމަދު އުދައްޔު މަރާލި މައްސަލައިގައި ދައުވާކުރި ދެ މީހުންގެ މައްޗަށް މަރުގެ ހުކުމް އިއްވައިފި އެވެ.

8 ފެބްރުއަރީ 2021 ގައި 17 އަހަރުގެ އުދައްޔު މަރާލި މައްސަލާގައި ދައުވާކުރި މީހުންގެ ތެރޭގައި ގއ. މާމެންދޫ / ރިހިފަރުދާގެ، އަހުމަދު ޝަމީމް އަދި ގއ. މާމެންދޫ / ގުލްފާމުގެ، މުހައްމަދު މާޒިން ހިމެނެ އެވެ. އެމީހުންގެ މައްޗަށް ކުރަނީ ތޫނު އެއްޗެއް ބޭނުން ކޮށްގެން ގަސްދުގައި މީހަކު މަރާލުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އެވެ.

އަހުމަދު ޝަމީމް އަދި މުހައްމަދު މާޒިންގެ މައްޗަށް ގަސްދުގައި މީހަކު މަރާލުމުގައި ބައިވެރިވުމުގެ ކުށް ސާބިތުވާ ކަމަށް ކަނޑައަޅާފައިވަނީ އޮގަސްޓް މަހުގެ ތެރޭގަ އެވެ.

ކްރިމިނަލް ކޯޓުން އިއްޔެ ވަނީ، އުދައްޔުގެ ވާރިސުން ބޭނުންވަނީ މަރަށް މަރު ހިފަން ކަމަށްވާތީ، އަހުމަދު ޝަމީމް އަދި މުހައްމަދު މާޒިން މެރުމަށް ހުކުމް ކޮށްފަ އެވެ.

މި މައްސަލައިގައި ދެން ދައުވާ އުފުލި ޝަރަފު ރަޝީދުގެ މައްޗަށް ގަސްދުގައި މީހަކު މެރުމުގައި ބައިވެރިވުމުގެ ދައުވާ ސާބިތުނުވި ނަމަވެސް ތޫނު އެއްޗެއް ބޭނުންކޮށްގެން އެހެން މީހަކާ މެދު މާރާމާރީ ހިންގުމުގައި ބައިވެރިވުމުގެ ކުށް ވަނީ ސާބިތުވެފަ އެވެ. އަދި ކްރިމިނަލް ކޯޓުން ވަނީ ޝަރަފު ހަތް އަހަރަށް ޖަލަށްލާން ހުކުމްކޮށްފަ އެވެ.

މި މައްސަލައިގައި 18 އަހަރު ނުފުރޭ ކުޑަކުއްޖެއްގެ މައްޗަށް ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ އާއި، މީހަކަށް ނުރައްކާތެރި ހާނިއްކައެއް ވާގޮތަށް ތޫނު އެއްޗެއް ނުވަތަ ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ކުށުގެ ދައުވާ ކުރިއެވެ. އެ ކުއްޖާގެ މައްޗަށް ކުށް ސާބިތުވެ 25 އަހަރާއި ފަސް މަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފައިވަނީ 2022 ވަނަ އަހަރު އެވެ.

ކްރިމިނަލް ކޯޓު

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ