މޫސަގެ މަރު: މުހައްމަދުގެ މައްޗަށް 2 ދައުވާއެއް، މައްސަލަ ކްރިމިނަލް ކޯޓަށް

Advertisement

އެންމެ ފަސް

Advertisement

ލ. މާވަށުގައި ތޫނު އެއްޗަކުން ހަމަލާދީ އެރަށު ނަލަހިޔާ މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ދަޢުވާ ލިބޭ ފަރާތުގެ މައްޗަށް ދެ ދަޢުވާއެއް ކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ކްރިމިނަލް ކޯޓަށް ހުށަހަޅައިފި އެވެ.

މި މައްސަލައިގައި ދަޢުވާ ލިބެނީ ހދ. ނޮޅިވަރަންފަރު، އަސަރީމަންޒިލް، މުޙައްމަދު އިބްރާހީމްގެ މައްޗަށެވެ. އޭނާގެ މައްޗަށް ކުރެވޭ ދަޢުވާތަކުގެ ތެރޭގައި ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ކުށާއި، މަޤްބޫލު ސަބަބެއް ނެތި ޢާންމު ތަނެއްގައި ތޫނު އެއްޗެއް ގެންގުޅުމުގެ ކުށް ހިމެނެއެވެ.

ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން މިއަދު ނެރުނު ބަޔާނުގައި ބުނެފައިވާ ގޮތުގައި މި މައްސަލައިގެ ހާދިސާ ހިނގާފައިވަނީ 2025 ވަނަ އަހަރުގެ ޖުލައި މަހުގެ 28 ވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގަ އެވެ. އަދި މި މައްސަލައިގައި ދަޢުވާ ކުރުމަށް ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވަނީ މިއަދު އެވެ.

މި މައްސަލައަކީ ޖިނާއީ ބޮޑެތި ކުށްތަކުގެ ތަޙްޤީޤާއި ޕްރޮސެކިއުޓް ކުރުމުގެ މަރުޙަލާ އަވަސްކުރުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން، ތަޙްޤީޤުގެ ފުރަތަމަ މަރުޙަލާއިން ފެށިގެން ދިވެހި ފުލުހުންގެ ޚިދުމަތާއި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހާ ދެމެދު ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވިގެން ކުރިއަށް ގެންދެވުނު މައްސަލައެއް ކަމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ފާހަގަކޮށްފައިވެ އެވެ.

ކްރިމިނަލް ކޯޓު މޫސަ މަރާލި މައްސަލަ ޕްރޮސެކިއުޓަ ޖެނެރަލްގެ އޮފީސް (ޕީޖީ އޮފީސް)

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ