އިޒްރޭލުން މިއަދު އެކަނިވެސް ޣައްޒާގައި 70 އަށްވުރެ މީހުން ޝަހީދުކޮށްލައިފި

Advertisement

އެންމެ ފަސް

Advertisement

އިޒްރޭލުން ހުއްޓުމެއްނެތި ފަލަސްތީނުގެ ޣައްޒާއަށް ދެމުންދާ ހަމަލާތަކުގައި މިއަދު އެކަނިވެސް 70 އަށްވުރެ ގިނަ މީހުން ޝަހީދުކޮށްލައިފި އެވެ.

ބޭރު މީޑިއާތަކުން ރިޕޯޓުކޮށްފައިވާގޮތުގައި މިއަދު ފަތިހުން ފެށިގެން އިޒްރޭލުން ޣައްޒާއަށް ދެމުންދާ ހަމަލާތަކުގައިމިހާތަނަށް 72 މީހުން ވަނީ ޝަހީދުކޮށްލާފަ އެވެ. މީގެތެރެއިން 40 ވަރަކަށް މީހުން ޝަހީދުކޮށްލާފައިވަނީ ޣައްޒާ ސިޓީ ހިފުމަށް އެއްގަމުމަގުން އިޒްރޭލު ސިފައިން ދިން ހަމަލާތަލުގައި ކަމަށްވެސް ރިޕޯޓުކޮށްފައިވެ އެވެ.

އިޒްރޭލުގެ ލާއިިންސާނީ ހަމަލާތައް ޣައްޒާގައި އިތުރުކޮށްފައިވާއިރު މިއަދު އިޒްރޭލުން ވަނީ ނުސެއިރާތު ރެފިއުޖީ ކޭމްޕަށްވެސް ޑްރޯން ހަމަލާއެއްދީފަ އެވެ.

ޣައްޒާ ސިޓީ އެއްކޮށް ހިފުމަށް އިޒްރޭލުގެ ސިފައިން ކުރަމުންދާ މަސައްކަތުގައި ފާއިތުވި 24 ގަޑިއިރުވަނީ އެއްގަމުމަގުން ދެމުންދާ ހަމަލާތައް އިތުރަށް ވަރުގަދަކޮށްފަ އެވެ. ޣައްޒާ ސިޓީ ހިފުމަށް ހުއްޓުމެއްނެތި އިޒްރޭލުން ދެމުންދާ ހަމަލާތަކުގެ ސަބަބުން ޣައްޒާގެ އެތައްހާސް ރައްޔިތުންނެއް އެ ސަރަހައްދުން ނުނިކުމެވި ރައްކާތެރި ހިސާބުތަކަށް ނުދެވި ތިބިކަމަށްވެސް ރިޕޯޓު ކޮށްފައިވެ އެވެ.

2023 އޮކްޓޫބަރު 7 ވަނަ ދުވަހު ދުވަހުން ފެށިގެން އަޒްރޭލުން، ފަލަސްތީނުގެ ނަސްލުނައްތާލުމަށް އިންތިޒާމުވެގެން ހިންގަމުންދާ ޖަރީމާގައި މިހާތަނަށް 65,549 މީހުން ޝަހީދުކޮށްލާފައިވެ އެވެ. މި ހަމަލާތަކުގައި 167,518 މީހުންނަށް އެކިވަރުގެ އަނިޔާތައް ލިބިފައިވެ އެވެ

އިޒްރޭލް-ފަލަސްތީން ގައްޒާ ހަނގުރާމަ

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ