މިދިޔަ މަހު އިޒްރޭލުން ހުޅަނގު އައްސޭރިއަށް 2300 އަށްވުރެ ގިނަ ހަމަލާދީފި

Advertisement

އެންމެ ފަސް

Advertisement

އިޒްރޭލުގެ ސިފައިން އަދި ހުޅަނގު އައްސޭރީގެ ބިންތައް ހިސޯރުކުރަމުންދާ ޔަހޫދީން ނިމުނު އޮކްޓޫބަރު މަހު ހުޅަނގު އައްސޭރިއަށް 2300 އަށްވުރެ ގިނަ ހަމަލާ ދީފައިވާ ކަމަށް ޕަލަސްތީނިއަސް އޮތޯރިޓީސް ކޮލޮނައިޒޭޝަން އެންޑް ވޯލް ރެސިސްޓެންސް ކޮމިޝަން (ސީއާރުއާރުސީ)ގެ ރިޕޯޓެއްގައި ބުނެފި އެވެ. 

ސީއާރުއާރުސީގެ ރިޕޯޓުގައި ބުނެފައިވަނީ މި ނިމުނު މަހު އިޒްރޭލުން ފަލަސްތީނުގެ ހުޅަނގު އައްސޭރިއަށް ޖުމުލަ 2350 ހަމަލާދީފައިވާ ކަމަށެވެ.

އެގޮތުން އިޒްރޭލުގެ އަސްކަރިއްޔާއިން 1584 ހަމަލާ ހުޅަނގު އައްސޭރިއަށްވަނީ ދީފަ އެވެ. އޭގެތެރޭގައި ހުޅަނގު އައްސޭރީގައި ދިރިއުޅޭ ފަލަސްތީނުގެ ރައްޔިތުންނަށް އަމާޒުކޮށްދިން ހަމަލާތަކާއި، ގެތައް ސުންނާފަތިކުރުމާއި ފަލަސްތީނު ރައްޔިތުންގެ ޒައިތޫނި ދަނޑުތަކަށް ގެއްލުންދިނުން ހިމެނެ އެވެ.

މި ރިޕޯޓުގައި ބުނެފައިވަނީ އިޒްރޭލު ސިފައިން ހުޅަނގު އައްސޭރީގެ ރާމައްﷲ ގައި 542 ހަމަލާ، ނަބްލުސްގައި 412 ހަމަލާ އަދި ހެބްރޮންގައި 401 ހަމަލާދީފައިވާ ކަމަށެވެ.

އިޒްރޭލުގެ އަސްކަރިއްޔާގެ އިތުރުން ހުޅަނގު އައްސޭރީގެ ބިންތައް ހިސޯރުކުރަމުންދާ ޔަހޫދީން މިދިޔަ މަހު 766 ހަމަލާއެއް ހުޅަނގު އައްސޭރީގައި ދީފައިވާ ކަމަށްވެސް މި ރިޕޯޓުގައި ވަނީ ބުނެފަ އެވެ. ސީއާރުއާރު ކޮމިޝަނުން ބުނެފައިވަނީ ޔަހޫދީން ހުޅަނގު އައްސޭރީގެ ބިންތައް ހިސޯރުކުރުމުގެ ކަންކަން ކުރިއަށްގެންދަމުންދާ ކަމަށާއި މިއީ ބައިނަލްއަގްވާމީ ގާނޫނުތަކާއި ޚިލާފަށް ކުރަމުންދާ ކަމެއް ކަމަށެވެ.

އިޒްރޭލުން ޣައްޒާއަށް ދެމުންދާ ހަމަލާތައް ހުއްޓާލުމަށް އެއްބަސްވިފަހުން ހުޅަނގު އައްސޭރިއަށް އެކިގޮތްގޮތުން ހަމަލާދިނުން ވަނި އިތުރުކޮށްފަ އެވެ. އަދި އިޒްރޭލުގެ ޤާނޫނުހަދާ މަޖިލީހުން އަންނަނީ ހުޅަނގު އައްސޭރި އެއްކޮށް ހިސޯރުކުރުމުގެ މަސައްކަތް ބަލައިގަނެ އެ މަސައްކަތް ކުރަމުންނެވެ.

އިޒްރޭލް-ފަލަސްތީން ފަލަސްތީނުގެ ހުޅަނގު އައްސޭރި

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ