އެމްފައިސާއިން ފަތުރުވެރިން ޓްރެވަލްސްއާ ގުޅިގެން އެމްފައިސާ ޓްރެވެލް އިންޝުއަރެންސް ފޯރުކޮށްދޭން ފަށައިފި

Advertisement

އެންމެ ފަސް

Advertisement

އެމްފައިސާއިން ފަތުރުވެރިން ޓްރެވަލްސްއާ ގުޅިގެން އެމްފައިސާ ޓްރެވެލް އިންޝުއަރެންސް ފޯރުކޮށްދޭން ފަށައިފި އެވެ.

އުރީދޫއިން މިއަދު ބުނެފައިވަނީ ފަތުރުވެރިކަމުގެ ދާއިރާގައި ކުރިއަރަމުން އަންނަ އޭޖެންސީއެއް ކަމުގައިވާ ފަތުރުވެރިން ޓްރެވެލްސްއާ އެމްފައިސާއިން ޕާޓްނަރޝިޕް ހަދާފައިވާ ކަމަށެވެ.

މި ޕާޓްނަރޝިޕްގެ ދަށުން ކަސްޓަމަރުންނަށް އަމާނާ ތަކާފުލްގެ ބެލުމުގެ ދަށުން ހިންގޭ އެމްފައިސާ ޓްރެވެލް އިންޝުއަރެންސް ފަސޭހަކަމާއެކު ލިބިގެންދާނެ ކަމަށް މައުލޫމާތުދީފައިވެ އެވެ. މި ޕާޓްނަރޝިޕްގެ ސަބަބުން ފަތުރުވެރިންގެ ކަސްޓަމަރުންނަށް ހާއްސަކޮށް ރޭވިފައިވާ ދަތުރުތަކާއި، ޑިޖިޓަލް ގޮތުން ރައްކާތެރިކަން ލިބިދޭ އިންޝުއަރެންސްއާ އެކުގައި ދަތުރުފަތުރުގެ ތަޖުރިބާ އިތުރަށް ފުރިހަމަވެގެންދާނެ ކަމަށް މައުލޫމާތުދީފައިވެ އެވެ.

މި ޕާޓްނަރޝިޕްގެ ސަބަބުން، ފަތުރުވެރިން ޓްރެވަލްސްއާއެކު ދަތުރު ބުކްކުރާ ފަރާތްތަކަށް ހާއްސަ ދަތުރުތަކުގެ އިތުރުން، ފުރިހަމަ ދަތުރު އިންޝުއަރެންސް ލިބިގެންދާނެ އެވެ.

އޫރީދޫއިން އަމާނާ ތަކާފުލްއާ ގުޅިގެން އެމްފައިސާ ޓްރެވެލް އިންޝުއަރެންސް ތައާރަފުކޮށްފައިވާއިރު، މިއީ ރާއްޖެއިން ބޭރަށް ދަތުރުކުރާ ފަރާތްތަކަށް ހާއްސަކޮށްގެން ފަރުމާކުރެވިފައިވާ މުޅިން ޑިޖިޓަލް އިންޝުއަރެންސް އެވެ. އުރީދޫއިން ބުނެފައިވަނީ އެމްފައިސާ ޑިޖިޓަލް ވޮލެޓް މެދުވެރިކޮށް މި ޓްރެވަލް އިންޝުއަރެންސް ގަނެވޭނެ ކަމަށެވެ.

އެމްފައިސާ ޓްރެވެލް އިންޝުއަރެންސް ޕެކޭޖުން ފުޅާ ދާއިރާއެއްގައި ރައްކާތެރިކަން ފޯރުކޮށްދެ އެވެ. އެގޮތުން މި އިންޝުއަރެންސް މުއްދަތުގެ ތެރޭގައި ދިމާވާ ހާދިސާއެއްގެ ސަބަބުން ނުކުޅެދުންތެރިކަމެއް މެދުވެރިވުން ނުވަތަ މަރުވުމުގެ ސަބަބުން 771,000 ރުފިޔާއާ ހަމައަށް ބަދަލު ލިބިދެ އެވެ. އަދި ކުއްލި ސިއްހީ ޚަރަދުތަކަށް 1,542,000 ރުފިޔާއާ ހަމައަށް ބަދަލު ލިބިދެ އެވެ. މީގެއިތުރުން ދަތުރު ކެންސަލްވުން، ދަތުރު ކުރުކޮށްލަން ޖެހުން، ޕާސްޕޯޓު ގެއްލުން، އަދި ޗެކްއިންކޮށްފައިވާ ދަބަސް ގެއްލުމުން ރައްކާތެރިކަން ލިބުމުގެ އިތުރުން ދަތުރަށް ނުފެށި ހުރުން، ގުޅޭ ފްލައިޓަކަށް ނޭރުން، އަދި 12 ގަޑިއިރަށްވުރެ ގިނަ ވަގުތު ދަތުރަށް ލަސްވުމުން ބަދަލު ލިބިދެ އެވެ.

އަމާނާ ތަކާފުލްއާ ގުޅިގެން ތަޢާރަފުކުރި އެމްފައިސާ ޓްރެވެލް އިންޝުއަރެންސްގެ ސަބަބުން ދަތުރުވެރިންނަށް އުފާވެރިކަމާއި އިތުބާރާ އެކު އެމީހުންގެ ދަތުރުތަކަށް ފުރުމުގެ ފުރުސަތު ލިބިގެންދާނެކަން ކަށަވަރުވެގެންދާނެ ކަމަށް އުރިދޫއިން ބުނެފައިވެ އެވެ.

އުރީދޫ

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ