ލައިވް މިއުޒިކާއެކު މިރޭ އުރީދޫއިން އައިފޯން 17 ޕްރީ އޯޑަރު ކުރި ފަރާތްތަކަށް އައިފޯނު ދޫކުރަން ނިންމައިފި އެވެ.
އުރީދޫއިން ބުނީ މިރޭ 21:30 އިން ފެށިގެން 23:30 ގެ ނިޔަލަށް އުރީދޫގެ މައި އޮފީހުގައި މަޝްހޫރު ދެ ފަންނާނުން ކަމަށްވާ ފާލިހުއާއި ބަޖިއްކޮގެ ލައިވް މިއުޒިކް ޝޯ އެއް ކުރިއަށް ދާނެ ކަމަށެވެ.
އުރީދޫއިން އައިފޯނު 17 ޕްރީ އޯޑަރު ކުރި ފަރާތްތަކަށް ފޯނު ދޫކުރަން ފަށާނީ 00:00 ގައިކަމަށް އުރީދޫއިން ބުނެ އެވެ.
އައިފޯނު 17 އިއުލާންކޮށްފައިވަނީ މިމަހުގެ 9 ވަނަ ދުވަހު އެވެ. ޕްރޯ އޯޑަރަށް ހުޅުވާލީ މިމަހުގެ 12 ވަނަ ދުވަހު އެވެ.
އެޕަލް އިން ސެޕްޓެމްބަރު 9 ވަނަ ދުވަހު ބޭއްވި އިވެންޓްގައި އެކުންފުނީގެ އާ އައިފޯނު 17 ސީރީޒް އާއި އެޕަލް ވޮޗް ސީރީޒް 11 އަދި އަލްޓްރާ 3 ގެ އިތުރުން އެއާޕޮޑްސް ޕްރޯ 3 އަދި އެއާޓެގް 2 ވަނީ ތަޢާރަފުކޮށްފަ އެވެ.
އައިފޯނު 17 ސީރީޒްގައި ހިމެނެނީ އައިފޯނު 17 އާއި، އައިފޯނު 17 ޕްރޯ، އަދި 2 ޓެރަބައިޓްގެ ސްޓޯރޭޖް އޮޕްޝަން ލިބޭ އައިފޯނު 17 ޕްރޯ މެކްސް އެވެ. މީގެ އިތުރުން މިހާތަނަށް އެޕަލްއިން ނެރުނު އެންމެ ތުނި އައިފޯނުކަމަށްވާ އައިފޯނު 17 އެއަރ ވެސް ވަނީ ތަޢާރަފުކޮށްފަ އެވެ. މި އިވެންޓްގައި އެންމެ ބޮޑު ސަމާލުކަމެއް ލިބުނީވެސް އައިފޯނު 17 އެއަރ އަށެވެ.