އުރީދޫ މޯލްޑިވްސްއިން އެ ކުންފުނީގެ ކްލަބް ޕްރިމިއާގެ އައު ޕާޓްނަރެއްގެ ގޮތުގައި ބާސެލޯ ނަސަންދުރަ އަށް މަރުޙަބާ ކިޔައިފި އެވެ.
މި ޕާޓްނަރޝިޕާ އެކު އުރީދޫގެ ޕްރީމިއަމް ކަސްޓަމަރުންނަށް މާލޭގެ އެންމެ މަޝްހޫރު އެއް ހޮޓެލްއިން ކެއުމާއި އިވެންޓްތަކުގެ ޚިދުމަތްތަކުން ޚާއްޞަ ޑިސްކައުންޓްތަކެއް ލިބިގެންދާނެ އެވެ.
ހިތްފަސޭހަ މާޙައުލަކާއި، ފެންވަރު ރަނގަޅު ޚިދުމަތްތަކާއި، އަދި މޮޅު ކެއުންތަކަށް މަޝްހޫރު ބާސެލޯސްއަކީ ޚާއްޞަ މުނާސަބަތުތައް ފާހަގަކުރުމަށާއި ރައްޓެހިންނާއި އާއިލާއާއެކު އުފާވެރި ވަގުތު ހޭދަކުރުމަށް މާލޭގައި އެންމެ މަގުބޫލު އެއް ތަނެވެ. މި ޕާޓްނަރޝިޕްގެ ދަށުން، ކްލަބް ޕްރިމިއާ ކަސްޓަމަރުންނަށް އަމިއްލަ އިވެންޓްތަކަށް ބާސެލޯސް ބުކްކުރުމުގެ ފުރުސަތު ޚާއްޞަ އަގުތަކެއްގައި ލިބިގެންދާނެ އެވެ.
އުރީދޫއިން މަޢުލޫމާތު ދެއްވި ގޮތުގައި، ކްލަބް ޕްރިމިއާ ކަސްޓަމަރުންނަށް ބާސެލޯސްގެ މަޝްހޫރު އައުޓްލެޓްތަކުން 10 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ލިބޭނެ އެވެ. މީގެ ތެރޭގައި އަލިމަސް ކެފޭ އެންޑް ލައުންޖް، ބީ-ހެވަން، އަދި އޮއިވަރު ރެސްޓޯރަންޓް ހިމެނެ އެވެ.
އުރީދޫއިން ވިދާޅުވި ގޮތުގައި މި ޕާޓްނަރޝިޕަކީ އެ ކުންފުނީގެ ކްލަބް ޕްރިމިއާ ކަސްޓަމަރުންނަށް ދުނިޔޭގެ ފެންވަރުގެ ތަޖުރިބާތަކާއި ޕްރިމިއަމް މަންފާތައް ރާއްޖޭގައި ފޯރުކޮށްދީ، ދިރިއުޅުމަށް އިތުރު ފުރިހަމަކަމެއް ގެނެސްދިނުމަށް އަބަދުވެސް ކުރަމުންދާ މަސައްކަތުގެ ބައެކެވެ.
އުރީދޫ ކްލަބް ޕްރިމިއާއަކީ އުރީދޫގެ އެންމެ ވަފާތެރި ކަސްޓަމަރުންގެ އަގު ވަޒަންކޮށް، އެ ފަރާތްތަކުގެ ދިރިއުޅުމަށް އިތުރު ފުރިހަމަކަމެއް ގެނެސްދިނުމަށް އުފައްދާފައިވާ ލޯޔަލްޓީ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުގެ ދަށުން ގިނަ އަދަދެއްގެ ޚާއްޞަ އިނާޔަތްތަކާއި، ޑިސްކައުންޓްތަކާއި، ތަޖުރިބާތައް ކަސްޓަމަރުންނަށް ލިބިގެންދެ އެވެ.