އުރީދޫއިން އައިފޯން 17 ސީރީޒް ޕްރީ އޯޑަރއަށް މާދަމާ ހުޅުވާލަނީ

Advertisement

އެންމެ ފަސް

Advertisement

އުރީދޫ މޯލްޑިވްސްއިން އެޕަލްގެ އެންމެ ފަހުގެ އައިފޯން 17 ސީރީޒްގެ ޕްރީ އޯޑަރ މާދަމާ ހުޅުވާލާނެ ކަމަށް އެ ކުންފުނިން މިއަދު ހާމަކޮށްފިއެވެ.

އުރީދޫން ބުނި ގޮތުގައި އައިފޯން އެއަރ، އައިފޯން 17 ޕްރޯ އަދި އައިފޯން 17 ޕްރޯ މެކްސް ޕްރީ އޯޑަރ ކުރުމުގެ ފުރުސަތު ހުޅުވާލާނެއެވެ. އަދި ޕްރީ އޯޑަރ ކުރުމުގެ ފުރުސަތު ހުޅުވާލާނީ މޫލީ މެދުވެރިކޮށް، މާދަމާ 19 ސެޕްޓެމްބަރ 2025 ވަނަ ދުވަހުގެ މެންދުރުފަހު 14:00 އިން ފެށިގެންނެވެ.

އެ ކުންފުނިން އިތުރަށް ބުނި ގޮތުގައި ޕްރީ އޯޑަރ ކުރާ ފަރާތްތަކަށް އައިފޯންތައް ލިބެން ފަށާނީ 26 ސެޕްޓެމްބަރ 2025 ވަނަ ދުވަހުގެ ރޭގަނޑު 00:01 އިން ފެށިގެންނެވެ. ނަމަވެސް ރާއްޖޭގައި މި އައިފޯންތައް ވިއްކާނެ އަގުތަކެއް އަދި އުރީދޫއިން ހާމަކޮށްފައެއް ނުވެއެވެ.

އެޕަލްއިން މި މަހުގެ 9 ވަނަ ދުވަހު ތަޢާރަފްކުރި އައިފޯން 17 ސީރީޒްގައި ހިމެނެނީ ޖުމްލަ 4 މޮޑެލެކެވެ. އެއީ އައިފޯން 17، އައިފޯން 17 ޕްރޯ، އައިފޯން 17 ޕްރޯ މެކްސް، އަދި އަލްޓްރާ-ތިނި އައިފޯން އެއަރ އެވެ. މި ސީރީޒްގެ ހުރިހާ މޮޑެލްތަކެއްގައިވެސް އައު A19 ޗިޕް، ޕްރޯމޯޝަން ސުޕަރ ރެޓީނާ XDR ޑިސްޕްލޭ، އަދި 18MP ސެންޓަރ ސްޓޭޖް ފްރަންޓް ކެމެރާ ހިމެނެއެވެ.

ޕްރޯ އަދި ޕްރޯ މެކްސް މޮޑެލްތަކުގައި 48MP ފިއުޝަން މެއިން ކެމެރާއާއި 2x ޓެލެފޮޓޯ އަދި ޕްރޯރެސް RAW ސަޕޯޓް ހިމެނޭ ފުރިހަމަ ކެމެރާ ސިސްޓަމެއް ހިމެނެއެވެ. އަދި ޕްރޯ މެކްސް މޮޑެލްގައި 2TB ސްޓޯރޭޖްގެ އޮޕްޝަނެއްވެސް ތަޢާރަފްކޮށްފައިވެއެވެ.

އެމެރިކާގެ މާކެޓްގައި މި އައިފޯންތަކުގެ އަގު ފެށެނީ އައިފޯން 17 އަށް 799 ޑޮލަރުން، އައިފޯން 17 ޕްރޯ އަށް 1,099 ޑޮލަރުން، އަދި އައިފޯން 17 ޕްރޯ މެކްސްއަށް 1,199 ޑޮލަރުންނެވެ. މިއީ 256GB ސްޓޯރޭޖް މޮޑެލްތަކުގެ އަގެވެ. އަދި އައިފޯން އެއަރގެ އަގަކީ 999 ޑޮލަރެވެ.

އުރީދޫ

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ