ކުޑަކުދިންނަށް ހާއްސަކޮށްގެން އުރީދޫ ފަން ރަން އާޓް ކޮންޓެސްޓެއް ސެޕްޓެމްބަރު 27 ގެ ނިޔަލަށް

Advertisement

އެންމެ ފަސް

Advertisement

ކުޑަކުދިންނަށް ހާއްސަކޮށްގެން އުރީދޫ ފަން ރަން އާޓް ކޮންޓެސްޓެއް ހުޅުވާލައިފި އެވެ.

އުރީދޫން ބުނެފައިވަނީ، އުމުރުން ހަތް އަހަރުން ދަށުގެ ކުދިންނަށް ހާއްސަކޮށްގެން ބާއްވާ މި އާޓް ކޮންޓެސްޓްގެ ތީމްއަކީ އުރީދޫ ފަން ރަން ކަމަށެވެ.

”އަހަރެމެންގެ ކްރިއޭޓިވް ޓީމް ޗުއްޓީގައި ތިބޭއިރު، މި ކޮންޓެސްޓްގެ ސަބަބުން ތުއްތު ކުދިންގެ ހިތްގައިމު ކުރެހުންތަކުން ފަން ރަން ގެނެސްދިނުމަށް މަސައްކަތް ކުރަމުންދާނަން. ފަން ރަން އަކީ ކޮމިއުނިޓީ ސްޕިރިޓާއި އުފާވެރިކަން ދައްކުވައިދޭ ރަންއެއް، އަދި މިކަން ދައްކުވައިދިނުމަށް އަޅުގަނޑުމެންގެ ކުޑަކުޑަ އާޓިސްޓުންނަށް ވުރެ ރަނގަޅަށް އެހެން މީހަކު ނުފެންނާނެ.“ އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒް ވިދާޅުވި އެވެ.

ސެޕްޓެމްބަރު 27 އާ ހަމައަށް ހުޅުވާލާފައިވާ މި ފުރުސަތުގައި ކުދިންގެ އާޓްވޯކްގެ ސާފު ފޮޓޯ ނުވަތަ ސްކޭން އީމެއިލް މެދުވެރިކޮށް ހުށަހެޅުމަށް އުރީދޫގެ މެއިލް (marketing.communications@ooredoo.mv) އަށް ހުށަހެޅުމަށް އެދިފައިވެ އެވެ. މިގޮތަށް ކުރެހުން ފޮނުވާއިރު، ކުއްޖާގެ ފުރަތަމަ ނަމާއި ޢުމުރު އަދި ބެލެނިވެރިޔާގެ ނަން އަދި ގުޅޭނެ ނަންބަރު ހިމެނުމަށް އެދިފައިވެ އެވެ.

އުރީދޫއިން ބުނެފައިވަނީ މިގޮތަށް ހުށަހަޅާ ކުރެހުންތައް އުރީދޫން ސޯޝަލް މީޑިއާ އެކައުންޓް މެދުވެރިކޮށް ހިއްސާ ކުރެވޭނެ ކަމަށެވެ. އަދި ކުރެހުންތަކުގެ ތެރެއިން އެންމެ ގިނަ ލައިކްސް ލިބޭ ފަސް ކުރެހުން ކުރެހި ކުދިންނަށް ފަން ކިޓް ލިބޭނެ ކަމަށްވެސް ބުނެފައިވެ އެވެ.

މި ކޮންޓެސްޓްއަށް ހުށަހަޅާ ކުރެހުންތައް ހުންނަންވާނީ ކޮމިއުނިޓީ ސްޓޭންޑަޑްތަކާ އެއްގޮތްވާ ގޮތުގެމަތިން ކަމަށާއި ކޮންމެ ކުއްޖަކަށް ވެސް ހުށަހެޅޭނީ އެންމެ އެންޓްރީ އެއް ކަމަށް ބުނެފައިވެ އެވެ. އަދި މި މުބާރާތުގެ މުއްދަތުގައި ލައިކް ގުނާނީ އުރީދޫގެ ރަސްމީ ޕޯސްޓްތަކަށް އެކަނި ކަމަށްވެސް ބުނެފައިވެ އެވެ.

އުރީދޫ އުރީދޫ ފަން ރަން

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ