ރާއްޖެ ޓްރާންސްޕޯޓް ލިންކު (އާރުޓީއެލް) ފެރީގެ ހިދުމަތް ތ. އަތޮޅުގައި ފަށައިފި އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ތ. އަތޮޅުގެ ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު ވަނީ ތ. ވޭމަންޑޫއަށް ވަޑައިގެންފަ އެވެ.
މިއަދު ވޭމަންޑޫގައި ބޭއްވި ރަސްމިއްޔާތުގައި ތ. އަތޮޅުގައި އާރްޓީއެލް ފެރީގެ ހިދުމަތް ފައްޓަވާދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެވެ. މިއާއެކު ތ. އަތޮޅުގެ 13 ރަށް އާރްޓީއެލް ފެރީން ގުޅިގެންދާނެ އެވެ.

އާރްޓީއެލް ފެރީގެ ހިދުމަތް މިހާރު އަންނަނީ 12 އަތޮޅެއްގައި ދެމުންނެވެ. އެއީ، ހއ.، ހދ.، ށ.، ނ.، ރ.، ބ.، ޅ.، ތ.، ގއ.، ގދ.، ޏ. އަދި ސ. އަތޮޅުގަ އެވެ. އެމްޓީސީސީން ބުނެފައިވަނީ ބާކީ 8 އަތޮޅުގައިވެސް އާރްޓީއެލްގެ ހިދުމަތް ފެށުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.
ރާއްޖޭގެ ރަށްތައް ދަތުރުފަތުރުގެ ނިޒާމުން ގުޅާލުމުގެ މަސައްކަތް އެމްޓީސީސީއާއި ޙަވާލުކޮށްގެން ކުރިއަށްދަނީ 6 ޒޯނަކަށް ބަހާލައިގެނެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) މޯލްޑިވްސް ޓްރާސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮންޕެނީ (އެމްޓީސީސީ)