ވިލިނގިލި އަދި އޮމަދޫ ބަނދަރުގެ މަސައްކަތް ހަލުވި ކަމާއިއެކު ކުރިޔަށް

Advertisement

އެންމެ ފަސް

Advertisement

ގއ. ވިލިނގިލީ ބަނދަރުގެ ތިންވަނަ ފިޔަވަހީގެ މަސައްކަތް އަދި އދ. އޮމަދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއު ހަލުވި ކަމާއިއެކު ކުރިއަށްދާ ކަމަށް އެމްޓީސީސީން ބުނެފި އެވެ.

އެމްޓީސީސީން ބުނީ، މިހާރު ކުރިއަށްދަނީ ފެންހިންދުމުގެ ނިޒާމު ގާއިމުކޮށް ބެހެއްޓުމުގެ މަސައްކަތާއި، ގޮނޑުދޮށުގެ ފާރުގެ މަތީ ބީމް ކޮންކްރީޓް މަސައްކަތް އަދި ކާބްސްޓޯން ކޮންކްރީޓް މަސައްކަތް ކަމަށެވެ. އަދި މި މަޝްރޫއުގެ ޖުމްލަ %61 ނިމިފައިވާ ކަމަށް އެމްޓީސީސީން ބުނެފައިވެ އެވެ.

މި މަޝްރޫއުގެ ދަށުން 59،536.80 ކިއުބިކް މީޓަރުގެ ސަރަހައްދެއްގައި ހާބާ ބޭސިން ފުންކުރުމާއި، 275 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށިލުން ހިމެނެ އެވެ.

މީގެ އިތުރުން، 613 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 105 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިން ޖެހުމާއި 685 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށިިލުމުގެ މަސައްކަތް ހިމެނޭ ކަމަށް އެމްޓީސީސީއިން ބުނެފައިވެ އެވެ.

އެމްޓީސީސީއާ ސަރުކާރުން ހަވާލުކުރި މި މަޝްރޫއަކީ 107.86 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

މީގެ އިތުރުން، އެމްޓީސީސިން ބުނީ، އދ. އޮމަދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން، މަސައްކަތަށް ބޭނުންވާ ބޮޑު ހިލައިގެ ދެވަނަ ޝިޕްމަންޓް އެ ރަށަށް ގެންގޮސްފައިވާ ކަމަށެވެ. އޮމަދޫ ބަނދަރު ހެދުމުގެ މަސައްކަތުގެ ތެރެއިން މިހާރު ކުރިއަށްދަނީ ކްވޭ ވޯލް ބްލޮކްސް ހަރުކުރުމުގެ މަސައްކަތް ކަމަށެވެ.

މި މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ މިދިޔަ ޖުލައި މަހުގެ 17 ވަނަ ދުވަހު އެވެ. މި މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައިވަނީ ޖުލައި މަހުގެ 30 ވަނަ ދުވަހު އެވެ.

އދ. އޮމަދޫ މޯލްޑިވްސް ޓްރާސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮންޕެނީ (އެމްޓީސީސީ) ގއ. ވިލިނގިލި

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ