ނޫސްވެރިންގެ މުޒާހަރާ ރޫޅާލަން ފުލުހުން އަމަލު ކުރި ގޮތް ބަލަން އެންއައިސީން ނިންމައިފި

Advertisement

އެންމެ ފަސް

Advertisement

ރައްޔިތުންގެ މަޖިލިސް ދޮށުގައި ނޫސްވެރިން ކުރި އިހުތިޖާޖުގައި ފުލުހުން ހާލަތާ ނުބައްދަލު ބާރުގެ ބޭނުންކުރިކަމަށް ބުނާ މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށް ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) އިން ބުނެފި އެވެ.

އެންއައިސީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ސެޕްޓެމްބަރު 16 ވަނަ ދުވަހު ’މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ބިލް‘ އާ ދެކޮޅަށް ކުރެވުނު އިހުތިޖާޖު ރޫޅާލުމަށް ފުލުހުން ހާލަތާ ނުބައްދަލު ބާރުގެ ބޭނުންކޮށްފައިވާކަމަށް ސޯޝަލް މީޑިއާގައި ތުހުމަތުކޮށްފައިވާ ކަމަށެވެ. އަދި ފުލުހުން ގާނޫނާއި ގަވައިދާ ހިލާފަށް އަމަލު ކުރިކަމަށްވެސް ސޯޝަލް މީޑިއާގައި ތުހުމަތު ކުރާތީ ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަންގެ ގާނޫނުގެ 37 ވަނަ މާއްދާގެ ދަށުން މި މައްސަލަ ބަލަން ނިންމާފައިވާކަމަށް އެންއައިސީ އިން ބުނެފައިވެ އެވެ.

މި މުޒާހަރާ ރޫޅާލުމުގައި ފުލުހުން ހާލަތާ ނުބައްދަލު ބާރުގެ ބޭނުންކޮށްފައިވާކަމަށް ބުނާ މައްސަލަ ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިންވެސް އަންނަނީ ތަހުގީގު ކުރަމުންނެވެ. އެ ކޮމިޝަނުން މީޑިޔާތަކަށް ފޮނުވި މެސެޖުގައި ބުނީ މިދިޔަ އަންގާރަ ދުވަހު މަޖިލީސް ދޮށުގައި ނޫސްވެރިން ކުރިއަށް ގެންދިޔަ އިހުތިޖާޖުގައި ކަންތައް ހިނގައިދިޔަގޮތުގެ މައުލޫމާތު އެއްކޮށް ތަހުގީގު ކުރުމުގެ މަސައްކަތާއި އިހުތިޖާޖުގެ ތަރެއިން ފުލުހުން ހާލަތާއި ނުބައްދަލު ބާރުގެ ބޭނުންކުރިކަމަށް ބުނާ މައްސަލަ ބަލައި ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

ރައްޔިތުންގެ މަޖިލިސް ކައިރީގައި ނޫސްވެރިން އިހުތިޖާޖު ކުރީ މީޑިޔާ ރެގިއުލޭޓް ކުރުމަށް ހުށަހެޅި ބިލާ ގުޅިގެންނެވެ. މި އިހުތިޖާޖުގައި ނޫސްވެރިންނާއި މުޒާހަރާއި ބައިވެރިންނަށް އަނިޔާވެފައިވާ ކަމަށް ބުނެ ފޮޓޯތަކަކާއި ވީޑިއޯތަކެއް މީސްމީޑިޔާގައި ދައުރުވި އެވެ.

މިކަމާއި ގުޅިގެން ފުލުހުން ނެރުނު ބަޔާނުގައި ބުނެފައިވަނީ އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނުގެ ދަށުން ހުއްދަކޮށްފައިވާ ސަރަހައްދުތައް ފިޔަވައި އެހެން ތަނަކަށް އެއްވާނަމަ ފުލުހުންގެ ހުއްދައެއް ލިޔުމުން ހޯދަންޖެހޭނެ ކަމަށެވެ. ނޫސްވެރިންގެ މުޒާހަރައަށް ހުރަސްއެޅީ އެފަދަ ހުއްދައެއް ހޯދާފައިނުވާތީއާއި މަޖިލީސް ކުރާ ސަރަހައްދަކީ އެއްވުން މަނާ ސަރަހައްދަކަށްވުމުން ކަމަށެވެ. އަދި އެ މުޒާހަރާ ހުއްޓުވަން ބާރުގެ ބޭނުންކޮށްފައިވާނީ ޕްރޮފެޝަނަލް މިންގަނޑުގެ ތެރެއިން ކަމަށާއި އާންމުކޮށް ބޭނުންކުރާ ކަރުނަ ގޭހާއި، ބެޓަންފަދަ ތަކެތި ބޭނުންކޮށްފައިނުވާނެ ކަމަށް ވެސް ބުނެފައިވެ އެވެ.

ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) މީޑިއާ ބިލް ދިވެހި ފުލުހުންގެ ޚިދުމަތް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ