އަބްދުއްރަހްމާން މަރާލުން: މައްސަލަ ޕީޖީއަށް ފޮނުވައިފި، ދައުވާ ކުރަން ތައްޔާރުވަނީ

Advertisement

އެންމެ ފަސް

Advertisement

މިދިޔަ ޖުލައި މަހުގެ 13 ވަނަ ދުވަހުގެ ރޭ ދަންވަރު އއ. މާޅޮހުގައި ރަހުމުކުޑަގޮތަކަށް ހަމަލާދީ މަރާލި އަބްދުއްރަހުމާން އާދަމްގެ މަރުގެ މައްސަލައިގެ ތަހުގީގު ނިންމާ ދައުވާ ކުރުމަށް މަސައްލަ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ.

އަބްދުއްރަހްމާން މަރާލި މައްސަލައިގައި ހައްޔަރުކުރީ:

  • އއ. މާޅޮސް، ފިޔަ، އަހުމަދު އާޝިދު (27 އަހަރު)
  • އއ. މާޅޮސް، ލިލީފެހި، މުހައްމަދު ވިޝާމް (22 އަހަރު)
  • އއ. މާޅޮސް، ފިނިވާގޭ، އަހުމަދު ފާރިސް (27 އަހަރު)

”ޖަވިޔަނި“ އަށް މައުލޫމާތުދެމުން ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލް ވިދާޅުވީ، އެމައްސަލައިގައި ދައުވާ ކުރުމަށް މައްސަލަ އެ އޮފީހަށް ލިބިފައިވާ ކަމަށެވެ. އަދި މި މައްސަލައިގައި ދައުވާ ކުރުމަށް ތައްޔާރުވަމުންދާ ކަމަށްވެސް ވިދާޅުވި އެވެ.

ނަމަވެސް އިތުރު މައުލޫމާތެއް ހިއްސާކޮށްފައެއް ނުވެ އެވެ.

މި މައްސަލައިގައި ހައްޔަރުކުރި މުހައްމަދު ވިޝާމް އަދި އަހުމަދު ފާރިޝް ޝަރީއަތް ނިމެންދެން ބަންދުކުރިއިރު، އަހުމަދު އާޝިދުގެ ބަންދަށް ފުރަތަމަ ދިނީ ފަސް ދުވަހުގެ މުއްދަތެކެވެ. އޭގެފަހުން އޭނާގެ ބަންދަށް 30 ދުވަހުގެ މުއްދަތެއް ދީފައިވެ އެވެ.

މައްސަލައިގެ ފަސްފަހަތް

އުމުރުން 65 އަހަރުގެ އަބްދުއްރަހްމާން ނިދާފައި އޮއްވައި ލާއިންސާނީ ހަމަލާއެއްދީ އޭނާ ޒަހަމުކޮށްލީ މިދިޔަ މުހުގެ 13 ވަނަދުވަހުުގެ ރޭ ދަންވަރު 1:15 އެހާކަންހާއިރު އެވެ. މިހާތަނަށް ބެލިބެލުމުން އޭނާ މަރާލަފައިވަނީ މަރުތޭލެއް ޒާތުގެ އެއްޗަކުން ބޮލުގެ ފުއްކިބައިގައި ޖަހައި އެކިވަރުގެ ޒަހަމްތައްދީގެންނެވެ.

އަބްދުއްރަހުމާނަށް ދިން ހަމަލައިގެ މައުލޫމާތު ލިބުމާ އެކު، ފުލުހުންގެ ޓީމުތައްވަނީ އެރަށުގައި ހަރަކާތްތެރިވެފަ އެވެ.

އެރަށުން ވާހަކަދެއްކި ބައެއް މީހުން ބުނާގޮތުގައި އޭނާގެ ސިކުނޑީގެ ބައެއްވެސް ފެންނަންއޮތް ކަމަށާއި، ލޯ ކައިރިވެސް ވަރަށް ބޮޑަށް ދުޅަވެފައިވާ ކަމަށްވެ އެވެ.

މި މައްސަލައިގައި ފުލުހުން ވަނީ އަބްދުއްރަހްމާންގެ ހަށިގަނޑު ރާއްޖޭއިން ބޭރަށް ފޮނުވައިގެން ޕޯސްޓްމޯޓަމްވެސް ހަދާފަ އެވެ.

އަބްދުއްރަހްމާންގެ މަރު ދިވެހި ފުލުހުންގެ ޚިދުމަތް ޕްރޮސެކިއުޓަ ޖެނެރަލްގެ އޮފީސް (ޕީޖީ އޮފީސް)

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ