ހަންގޭރީން ދިވެހި ދަރިވަރުންނަށް 75 ސްކޮލަރޝިޕް ދޭގޮތަށް ހަމަޖެހިއްޖެ

Advertisement

އެންމެ ފަސް

Advertisement

ކުރިއަށް އޮތް ތިން އަހަރު ދުވަހުގެ ތެރޭގައި ހަންގޭރީގެ ޔުނިވަރސިޓީތަކުން ކިޔެވުމަށް ދިވެހި ދަރިވަރުންނަށް 75 ސްކޮލަރޝިޕް ދިނުމަށް ހަމަޖެހިއްޖެ އެވެ.

މިއީ ދިވެހި ސަރުކާރާއި ހަންގޭރީ ސަރުކާރާ ދެމެދު ވެވުނު އެއްބަސްވުމެއްގެ ދަށުން ލިބުނު ފުރުސަތުތަކެކެވެ.

”ކޯޕަރޭޝަން ވިދިން ދަ ފްރޭމްވަރކް އޮފް ދަ ސްޓިޕެންޑިއަމް ހަންގަރިކަމް 2025-2027“ ގެ ނަމުގައި ވެވުނު މި އެއްބަސްވުމުގެ ދަށުން، ކޮންމެ އަހަރަކު 25 ސްކޮލަރޝިޕް ދިވެހި ދަރިވަރުންނަށް ލިބިގެންދާނެ އެވެ. މި ސްކޮލަރޝިޕްތަކުގައި އަންޑަގްރެޖުއޭޓް، ގްރެޖުއޭޓް އަދި ޑޮކްޓޯރަލް ޕްރޮގްރާމްތައް ހިމެނެ އެވެ.

މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މިހާރު ނިއުޔޯކްގައި ކުރިއަށްދާ އދ. ގެ 80 ވަނަ އާންމު ޖަލްސާގެ ތެރެއިންނެވެ. ދިވެހިރާއްޖޭގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ޚާރިޖީ ވަޒީރު ޑރ. އަބްދުﷲ ޚަލީލް އެވެ. އަދި ހަންގޭރީގެ ފަރާތުން ސޮއިކުރެއްވީ އެ ގައުމުގެ ފޮރިން އެފެއާޒް އެންޑް ޓްރޭޑްގެ ވަޒީރު، ޕީޓަރ ސިޖާޓޯ އެވެ.

ސްޓިޕެންޑިއަމް ހަންގަރިކަމް ޕްރޮގްރާމަކީ ބައިނަލްއަޤްވާމީ ދަރިވަރުންނަށް ހަންގޭރީގައި މަތީ ތަޢުލީމު ހާސިލުކުރުމުގެ ފުރުސަތު ދިނުމަށް ޚާއްޞަކޮށްގެން ހިންގާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގެ ދަށުން ދަރިވަރުންނަށް ހަންގޭރީގެ އިޖްތިމާޢީ އަދި ސަޤާފީ ދިރިއުޅުމުގެ ތަޖުރިބާ ހޯދުމުގެ ފުރުސަތުވެސް ލިބިގެންދާނެ އެވެ.

ހަންގޭރީ އދ ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ