ތިން ގައުމަކުން ފަލަސްތީނުގެ ދައުލަތް ރަސްމީކޮށް ބަލައިގަތުމުން ރާއްޖެއިން މަރުހަބާ ކިޔައިފި

Advertisement

އެންމެ ފަސް

Advertisement

އިނގިރޭސިވިލާތާއި، ކެނެޑާއާއި އޮސްޓްރޭލިއާއިން، ފަލަސްތީނުގެ ދައުލަތް ބަލައިގަންނަން ރަސްމީކޮށް ނިންމުމުން އެކަމަށް ރާއްޖެއިން މަރުހަބާ ކިޔައިފި އެވެ.

ފޮރިން މިނިސްޓްރީން ނެރުނު ބަޔާނުގައި ވަނީ އިނގިރޭސިވިލާތާއި، ކެނެޑާއާއި އޮސްޓްރޭލިއާއިން، ފަލަސްތީނުގެ ދައުލަތް ބަލައިގަންނަން ރަސްމީކޮށް ނިންމުމުން އެކަމަށް މަރުހަބާ ކިޔާފަ އެވެ. އަދި މިކަމަކީ މެދު އިރުމަތީގެ ސުލްހަ ގާއިމްކުރުމަށް ކުރާ މަސައްކަތުގައި ވަރަށް ބޮޑު ކުރިއެރުމެއް ލިބުނު ކަމެއް ކަމަށް ވެސް ބަޔާނުގައި ބުނެފައިވެއެވެ.

ފަލަސްތީނުގެ ރައްޔިތުންނަށް ސުލްހަވެރިކަމާއި އަބުރުވެރިކަމާއެކު ދިރިއުޅުމުގެ ފުރުސަތު ލިބި، ރައްކާތެރިކަން ކަށަވަރުކޮށްދިނުމާމެދު ޤައުމުތަކުގެ މެދުގައި ޚިޔާލު އެއްގޮތްކަން ވެސް މި ކަމުން ހާމަވާކަމަށް ވެސް ފޮރިން މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެ އެވެ.

އިނގިރޭސިވިލާތް، ކެނެޑާ، އޮސްޓްރޭލިޔާ އަދި ޕޯޗުގަލް އަދި އެހެންވެސް ހުޅަނގުގެ ގައުމުތަކުން ފަލަސްތީނުގެ ދައުލަތް ވަނީ ބަލައިގަނެފަ އެވެ.

ފަލަސްތީނުގެ ދައުލަތް ބަލައިގަތުމަށް ބޮޑެތި ގައުމުތަކުން ނިންމާ އެކަން އިއުލާނުކުރަމުންދާއިރު، އިޒްރޭލުން ފަަލަސްތީނުގެ ޣައްޒާއަށް ދެމުންދާ ހަމަލާތައްވަނީ އިތުރަށް ވަރުގަދަކޮށްފަ އެވެ. އަދި ޣައްޒާއާއި ހުޅަނގު އައްސޭރީގެ ބައިތައް އިސްތިއުމާރުކުރުމުގެ ކަންކަންވެސް އަންނަނީ ކުރަމުންނެވެ.

ރާއްޖެ - ފަލަސްތީން މިނިސްޓްރީ އޮފް ފޮރިން އެފެއާޒް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ