ރައީސް މުއިއްޒު އަދި ޕީއެންސީއާ ވާދަކުރުމުގެ ހިތްވަރު އެމްޑީޕީގައި ނެތް: ޝުޖާއު

Advertisement

އެންމެ ފަސް

Advertisement

އިންތިހާބުތަކުގައި ރައިސް ޑރ. މުހައްމަދު މުއިއްޒު އަދި ޕީއެންސީއާ ވާދަކުރުމުގެ ހިތްވަރު އިދިކޮޅު އެމްޑީޕީގައި ނެތް ކަމަށް ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ، ރައްޔިތުންގެ ޚިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމުގެ ބިލު ކޮމިޓީން ދިރާސާކޮށް ނިންމި ރިޕޯޓުގެ ބަހުސް ކުރިއަށްގެންގޮސްފަ އެވެ. މިބަހުސްގައި ވާހަކަ ދައްކަވަމުން ޝުޖާއު ވިދާޅުވީ ޔޫރަޕުގެ ވާހަކަ އިދިކޮޅު ފަރާތްތަކުން ދައްކާއިރު، ޔޫރަޕުގައިވެސް ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓު ނަގާ ކަމަށެވެ.

ރައިސް ޑރ. މުހައްމަދު މުއިއްޒު އަދި ޕީއެންސީއާ ވާދަކުރުމުގެ ހިތްވަރު އިދިކޮޅު އެމްޑީޕީގައި ނެތް ކަމަށް ވިދާޅުވެ ވާހަކަ ދައްކަވަމުން ޝުޖާއު ވިދާޅުވީ ރައްޔިތުންގެ ޚިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމުގެ ބިލު އަންނާތީ އެމްޑީޕީން ބިރުން އުޅެނީ އިންތިހާބުތަކުން ބަލިވެދާނެތީ ކަމަށެވެ.

ރައީސް މުއިއްޒު ބޭނުންވަނީ ރާއްޖޭގެ ކޮންމެ ބަދަލެއް ގެންނައިރު ރައްޔިތުންކުރެ އެކުމުގައި ދެކޭގޮތެއް އެހުމަށް ކަމަށް ޝުޖާއު ވިދާޅުވި އެވެ. އަދި 17 އަހަރު ވަންދެން ނުހެދިފައިއޮތް ޤާނޫނެއް ސަރުކާރުގެ ފަރާތުން މަޖިލީހަށް ފޮނުވާފައިވަނީ އެ ބޭނުމުގައި ކަމަށްވެސް ޝުޖާއު ވިދާޅުވި އެވެ.

”އެހެންމަ މީގެން އެނގެނީ އެމްޑީޕީގެ ހިތްވަރު ނެތްކަން. ރިޔާސީ ދައުރު ކޫޑަކުރުމުގެ ހިތްވަރުވެސް ނެތްކަން. އިންތިހާބުތަކާ ވާދަކުރުމުގެ ހިތްވަރެއްވެސް ނެތްކަން.“

ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމުގެ ބިލު ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހު އެވެ.

ކޮމިޓީން ބިލު ދިރާސާކޮށް ނިންމިއިރު، ބައެއް އިސްލާހުތައް ވަނީ ގެނެސްފަ އެވެ. އެގޮތުން، ރައީސުލްޖުމްހޫރިއްޔާއަށް ފެނިއްޖެ ހިނދެއްގައި ވަކި ސަރަަހައްދެއްގެ ރައްޔިތުންނާ ގުޅުންހުރި ކަމެއްގައި ހަމައެކަނި އެ ސަރަހައްދުގެ ރައްޔިތުންނަށް ހާއްސަކޮށް ވޯޓު ނެގޭގޮތަށް ބިލުގައި ވަނީ ހިމަނާފަ އެވެ.

ރައްޔިތުންގެ މަޖިލިސް އިބްރާހިމް ޝުޖާއު

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ