އެމްޑީޕީން ފެނަކަ ބޭނުންކޮށްފައިވަނީ ވައްކަން ކުރުމަށް ބޭނުންކުރާ މެޝިނެއްގެ ގޮތުގައި: މެންބަރު ސުޖާއު

Advertisement

އެންމެ ފަސް

Advertisement

އެމްޑީޕީން ފެނަކަ ބޭނުންކޮށްފައިވަނީ އެ ޕާޓީގެ ސިޔާސީ ހަރަކާތްތަކަށް ފައިސާ ޖެނެރޭޓްކުރާ މެޝިނެއްގެ ގޮތުގައި ކަމަށް ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ ސަރުކާރުގައި ފެނަކަ ކޯޕަރޭޝަން މެދުވެރިކޮށް ހިންގި ބޮޑު ހިޔާނާތާ ގުޅޭގޮތުން ދައުލަތުގެ މީޑިއާގައި ވާހަކަދައްކަވަމުން މެންބަރު ޝުޖާއު ފާހަގަކުރެއްވި ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ލެޖިސްލޭޓިވް އެޖެންޑާގައި ހިމެނޭ އެސެޓް ރިކަވަރީ ޤާނޫނަކީ ދިވެހި ރައްޔިތުންގެ ފައިސާއަށް ޚިޔާނާތްތެރިވާ ފަރާތްތަކުގެ އަތުން އެ ފައިސާ އަނބުރާ ހޯދުމަށް މުހިންމު ޤާނޫނެއް ކަމުގައެވެ.

”އެމްޑީޕީގެ ތެރޭގައި ވަކި މީހެއް މީގައިން އިސްތިސްނާ ނުވޭ. އެމްޑީޕީ މުޅި، އެމްޑީޕީގެ މަނީމޭކިންގ މެޝިނެއްގެ ގޮތުގައި ބޭނުންކޮށްފައި އޮތް ތަނެއްގެ ގޮތުގައި އަޅުގަނޑުމެންނަށް މި ރައްޔިތުންގެ ފައިސާ އެ ބޭފުޅުންގެ ސިޔާސީ ހަރަކާތްތަކަށް ޕަމްޕްކުރާ، ފައިސާ ޖެނެރޭޓްކުރާ މެޝިނެއްގެ ގޮތަށް ބޭނުންކޮށްފައި އޮތް ތަނެއް،“ މެންބަރު ޝުޖާއު ވިދާޅުވިއެވެ.

އިތުރަށް ވާހަކަ ދައްކަވަމުން މެންބަރު ޝުޖާއު ވިދާޅުވީ ދިވެހިރާއްޖޭގެ ތާރީޚުގައި ވޭތުވެދިޔަ ސަތޭކަވަރަކަށް އަހަރުދުވަހުގެ ތެރޭގައި ދިވެހި ރައްޔިތުންނަށް ނުލިބޭވަރުގެ ގެއްލުމެއް އެމްޑީޕީގެ ވެރިކަމުގައި ލިބިފައިވާ ކަމަށެވެ.

”މިއަދު އެމްޑީޕީ ނުކުމެ އެ ލޫޓުވައިފި އެ ބުނުމުގެ ޙައްޤު ޙަޤީޤަތުގައި އެމްޑީޕީއަކަށް ނެތް. އަޅުގަނޑުމެންނަށް ފެންނަން އޮތީ އެމްޑީޕީގެ ކޮންމެ ވެރިކަމެއްގެ ތެރޭގައިވެސް ދިވެހި ރައްޔިތުންގެ ތަކެއް ޙައްޤުތަކެއް ގެއްލި ދިވެހި ރައްޔިތުންގެ މުދަލަށް ޚިޔާނާތްތެރިވެފައި އޮތް ސަރުކާރެއްގެ ގޮތުގައި،“ މެންބަރު ޝުޖާއު ވިދާޅުވިއެވެ.

ފެނަކައިން 8.8 ބިލިއަން ރުފިޔާގެ ޚަރަދު ކޮށްފައިވަނީ އުސޫލުތަކާ ޚިލާފަށް: އޮޑިޓް ރިޕޯޓުން ހާމަވޭ

ފެނަކަ ކޯޕަރޭޝަނުން 2021 އިން 2023 އަށް މުދަލާއި ޚިދުމަތް ހޯދުމަށް 8.8 ބިލިއަން ރުފިޔާ ޚަރަދުކޮށްފައިވާއިރު، މި ޚަރަދުތަކުގެ ބޮޑު ބައެއް ކޮށްފައިވަނީ އެވަގުތަށް މުހިންމު ނޫން ކަންކަމަށާއި، ބީލަމުގެ އުސޫލުތަކާ ޚިލާފަށްކަން އޮޑިޓް ރިޕޯޓުން ވަނީ ހާމަވެފައެވެ.

އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، ކުންފުންޏަށް ބޭނުންވާ ތަކެއްޗާއި ފެނާއި ނަރުދަމާގެ މަޝްރޫޢުތަކުގެ މަސައްކަތްތަކަށް 674 އެއްބަސްވުމެއްގެ ދަށުން 2.22 ބިލިއަން ރުފިޔާގެ މަސައްކަތް އެކި ފަރާތްތަކާ ހަވާލުކޮށްފައިވެއެވެ. މީގެ ތެރެއިން 65 ޕަސެންޓް ކަމުގައިވާ 439 އެއްބަސްވުމުގެ ދަށުން 1.37 ބިލިއަން ރުފިޔާގެ މަސައްކަތް ހަވާލުކޮށްފައިވަނީ އިޢުލާނު ނުކޮށް، ވާދަވެރި ބީލަމުގެ އުސޫލުތަކާ ޚިލާފަށެވެ.

އިތުރަށް ރިޕޯޓުން ހާމަވާ ގޮތުގައި، ރަށްރަށުގެ އިންޖީނުގެތަކާއި އޮފީސް އިމާރާތްތައް އެޅުމަށް 2023 ގެ ނިޔަލަށް 57 މަޝްރޫޢެއްގެ މަސައްކަތަށް 1 ބިލިއަން ރުފިޔާއަށް ވުރެ ގިނަ ރުފިޔާ ޚަރަދުކޮށްފައިވެއެވެ. ނަމަވެސް، މި މަޝްރޫޢުތަކުގެ ތެރެއިން 41 މަޝްރޫޢު އަދިވެސް ނުނިމި ހުރިއިރު، މި މަސައްކަތްތައް ނިންމުމަށް އިތުރު 241 މިލިއަން ރުފިޔާ ޚަރަދުވާނެ ކަމަށް ލަފާކުރެވެއެވެ.

އެންމެ ކަންބޮޑުވާންޖެހޭ އެއް ކަމަކީ، އިންޖީނުގެތައް އެޅުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ މާކެޓް އަގަށްވުރެ އާދަޔާ ޚިލާފަށް މަތީ އަގެއްގައި ކަމަށްވުމެވެ. މިގޮތުން، މާކެޓް އަގަށްވުރެ އިތުރަށް ގާތްގަނޑަކަށް 767 މިލިއަން ރުފިޔާ އިތުރަށް ޚަރަދުވާނެ ގޮތަށް މި މަސައްކަތްތައް ހަވާލުކޮށްފައިވާކަން ފާހަގަކުރެވެއެވެ.

އިބްރާހިމް ޝުޖާއު ފެނަކަ

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ