އެމްޑީޕީއަކީ ލޫޓުވުމާއި ވައްކަން ކުރުމުގެ ރެކޯޑް ހަދާ ޕާޓީއެއް: ޝުޖާއު

Advertisement

އެންމެ ފަސް

Advertisement

އެމްޑީޕީއަކީ ލޫޓުވުމާއި ވައްކަން ކުރުމުގެ ރެކޯޑް ހަދާ ޕާޓީއެއް ކަމަށް ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެ އެވެ.

އޮޑިޓް އޮފީހުން ތައްޔާރުކޮށްފައިވާ އޮޑިޓް ރިޕޯޓުން ދައްކާގޮތުން ފެނަކަ ކޯޕަރޭޝަނުން 2021 ވަނަ އަހަރުން ފެށިގެން 2023 ވަނަ އަހަރުގެ ނިޔަލަށް، ކޮރަޕްޝަންގެ ބޮޑެތި ކަންތައްތަކެއް ވަނީ ހިންގާފަ އެވެ.

މިކަމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝުޖާއު ވިދާޅުވީ އެމްޑީޕީ އަކީ އަބަދުވެސް ރެކޯޑް ހައްދާ ބައެއް ކަމަށާއި ”ވައްކަމެއް ކުރިޔަސް، ލޫޓުވިޔަސް“ އެމްޑީޕީއަކީ އެފަދަ ކޮންމެ ކަމަކަށް މާފުންނާބު އުސްބައެއް ކަމަށެވެ.

”އެމްޑީޕީން ކުރި ތާހިރު ވެރިކަން މިހިރަ ފެންނަނީ! ނުކުންނަ ރިޕޯޓްތަކުން ރައްޔިތުންނަށް އެނގި ހާމަމިވަނީ އެމްޑީޕީ އަކީ ލޫޓުވުމާއި ވައްކަން ކުރުމުގެ ރެކޯޑް ހައްދަވާ ޕާޓީއެއްކަން.“ ޝުޖާއު ވިދާޅުވި އެވެ.

އޮޑިޓް ރިޕޯޓުން ދައްކާގޮތުން ޖަނަރޭޓަރު ސެޓާއި، ކޭބަލް އަދި ޓްރާންސްފޯމަރު ގަތުމާއި، ފެނާއި ނަރުދަމާގެ މަޝްރޫޢުތަކުގެ މަސައްކަތަށް ބޭނުންވާ ތަކެތި ގަތުމާއި އެ މަޝްރޫޢުތަކުގެ މަސައްކަތް ހަވާލުކުރުމަށް ޖުމުލަ 674 އެއްބަސްވުމެއްގެ ދަށުން 2,239,640,958 ރުފިޔާގެ މަސައްކަތް އެކި ފަރާތްތަކާ ހަވާލުކޮށްފައިވެ އެވެ. މި އެއްބަސްވުންތަކުގެ ތެރެއިން 439 (65%) އެއްބަސްވުމެއްގެ ދަށުން 1,373,126,496 ރުފިޔާގެ މުދަލާއި ޚިދުމަތް ހޯދުމުގެ މަސައްކަތް އެކި ފަރާތްތަކާ ހަވާލުކޮށްފައިވަނީ، މުދަލާއި ޚިދުމަތް ފޯރުކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތައް ހޯދުމަށް އާންމުކޮށް އިޢުލާން ނުކޮށް އަދި ވާދަވެރި ބީލަމުގެ އުސޫލުން ބޭރުންނެވެ.

އޮޑިޓް ރިޕޯޓުން ފާހަގަވާ އިތުރުކަމަކަށް ބަލާއިރު ފެނަކައިގެ ޕްރޮޖެކްޓްތައް ކުރިއަށް ގެންދިއުމަށް އެކި ރަށްރަށުން އެހެން ރަށްތަކަށް މުދާ އުފުލުމުގައި ދޯނި ފަހަރާއި ލޭންޑިން ކްރާފްޓްތައް ކުއްޔަށް ނެގުމަށް އެކި ފަރާތްތަކާއެކު ހަދާފައިވާ 612 އެއްބަސްވުމެއްގެ ދަށުން 191,602,363 ރުފިޔާ ހަރަދުކޮށްފައިވެ އެވެ. ނަމަވެސް މީގެ ތެރެއިން 344 އެއްބަސްވުމެއްގެ ތެރެއިން ދޯނި ފަހަރާއި ލޭންޑިން ކްރާފްޓް ކުއްޔަށް ހިފާފައިވަނީ މާކެޓް އަގަށް ވުރެ ބޮޑުކޮށްކަމަށް ރިޕޯޓުގައި ބުނެފައިވެ އެވެ. އެގޮތުން މާކެޓް އަގުތަކަށްވުރެ ގާތްގަނޑަކަށް 47,546,407 ރުފިޔާ އިތުރަށް ހަރަދުކޮށްފައިވާކަމަށް އޮޑިޓް ރިޕޯޓުގައި ބުނެފައިވެ އެވެ.

އިބްރާހިމް ޝުޖާއު ފެނަކަ ފެނަކަ ހިޔާނާތް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ