ފޮރިން މިނިސްޓަރު ހަލީލް ގަތަރަށް ވަޑައިގެންފި

Advertisement

އެންމެ ފަސް

Advertisement

ރަސްމީ ދަތުރުފުޅެއްގައި ފޮރިން މިނިސްޓަރު އަބްދުﷲ ހަލީލް ގަތަރުގެ ވެރިރަށް ދޯހާއަށް ފުރާވަޑައިގެންފި އެވެ.

މިދަތުރުފުޅަކީ ގަތަރުން ބާއްވާ ކުއްލި އަރަބި އިސްލާމިކް ސަމިޓަށް ތައްޔާރުވުމުގެ ގޮތުން ދޯހާގައި ބޭއްވުމަށް ހަމަޖެހިފައިވާ ފޮރިން މިނިސްޓަރުންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް މިނިސްޓަރު ހަލީލް ކުރައްވާ ދަތުރުފުޅެކެވެ.

މިނިސްޓަރު ހަލީލް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، މި ބައްދަލުވުމުގައި ދާދި ފަހުން އިސްރާއީލުން ގަތަރަށް ދިން ހަމަލާތަކާއި، ފަލަސްތީނާއި ވަށައިގެންވާ ސަރަހައްދުތަކުގައި އިސްރާއީލުން ހިންގަމުންދާ ގަތުލުއާންމާ ބެހޭގޮތުން އިސްލާމީ ގައުމުތަކުގެ ވެރިން މަޝްވަރާކުރައްވާނެ ކަމަށެވެ.

މި ދަނޑިވަޅުގައި ދިވެހިރާއްޖެ އޮތީ ގަތަރާއެކު ކަމަށް ފާހަގަކުރައްވައި، ”ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފަށް އިޒްރޭލުން ހިންގާ އަމަލުތަކަށް ޖަވާބުދާރީ ކުރުވުމަށް ކުރާ މަސައްކަތަށް ރާއްޖެއިން އަބަދުވެސް ތާއީދުކުރާނެ“ ކަމުގައި މިނިސްޓަރު ހަލީލް ވަނީ ހާމަކުރައްވާފަ އެވެ.

ފާއިތުވި ހަފްތާގައި އިސްރާއީލުން ދޯހާއަށް ދިން ހަމަލާއާ ގުޅިގެން މެދުއިރުމަތީގެ މަޝްރަހު ވަނީ އިތުރަށް ހޫނުވެފަ އެވެ. އިޒްރޭލުގެ އެ ހަމަލާ އަމާޒުކޮށްފައިވަނީ ހަމާސްގެ އިސްވެރިންތަކެއް ހިމެނޭ ވަފުދަކަށެވެ. އެ ހަމަލާގައި ހަމާސްގެ އެއްވެސް އިސްވެރިއަކު މަރުވެފައި ނުވާކަމަށް ހަމާސްއިން ވަނީ ބުނެފަ އެވެ.

ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ގަތަރު

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ