ބަންޑާރަނައިބުގެ އޮފީހުގެ އާ ވެބްސައިޓް އިފްތިތާހުކޮށްފި

Advertisement

އެންމެ ފަސް

Advertisement

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ބަންޑާރަނައިބުގެ އޮފީހުގެ އާ ވެބްސައިޓް އިފްތިތާހުކޮށްދެއްވައިފި އެވެ.

މި ވެބްސައިޓް އިފްތިތާހުކޮށްފައިވަނީ ބަންޑާރަނައިބުގެ އޮފީހަށް 75 އަހަރު ފުރުމުގެ މުނާސަބަތުގައި ބޭއްވި ޚާއްސަ ޖަލްސާގަ އެވެ.

މިރޭ ބޭއްވުނު ޖަލްސާގައި ރައީސް މުއިއްޒު ވަނީ ”އަލިމަސް ޔޫބީލް ހަނދާނީ ފޮތް“ ނެރުއްވުމުގެ އިތުރުން، ބަންޑާރަނައިބުގެ އޮފީހުގެ އާ ވެބްސައިޓް އިފްތިތާހުކުރައްވާފަ އެވެ. އަދި އެ އޮފީހަށް 20 އަހަރަށް ވުރެ ދިގު މުއްދަތަކަށް ޚިދުމަތްކުރައްވާފައިވާ މުވައްޒަފުންނަށް އިނާމު ހަވާލުކޮށްދެއްވާފައިވެ އެވެ.

ޖަލްސާގައި، 15 އަހަރާއި 20 އަހަރާ ދެމެދުގެ މުއްދަތަކަށް ޚިދުމަތްކޮށްފައިވާ މުވައްޒަފުންނަށް އިނާމު ހަވާލުކޮށްދެއްވީ ބަންޑާރަނައިބު އަހުމަދު އުޝާމެވެ. އަދި ބަންޑާރަނައިބުގެ އޮފީހުގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާއަށް ހަނދާނީ ފިލައެއް އަރުވާފައިވެ އެވެ.

އަލިމަސް ޔޫބީލް ފާހަގަކުރުމަށް ބޭއްވި މި ޖަލްސާގައި ރައްޔިތުންގެ މަޖިލީހުގެ އިސްވެރިންނާއި ޝަރުޢީ ކޯޓުތަކުގެ އިސްވެރިންގެ އިތުރުން ކުރީގެ ބަންޑާރަނައިބުން ބައިވެރިވެވަޑައިގެންނެވި އެވެ. މީގެ އިތުރުން ބަންޑާރަނައިބުގެ އޮފީހުގައި މީގެ ކުރިން ޚިދުމަތްކުރައްވާފައިވާ އަދި މިހާރުވެސް ޚިދުމަތްކުރައްވަމުން ގެންދަވާ ގިނަ އަދަދެއްގެ މުވައްޒަފުން ވެސް ބައިވެރިވި އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ބަންޑާރަ ނައިބުގެ އޮފިސް ބަންޑާރަ ނައިބް އަހުމަދު އުޝާމް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ