ބިލް ފާސްވިޔަސް ރައްޔިތުންނަށް ހަމަ ގަދައަށް ސޯޝަލް މީޑިއާ ބޭނުން ކުރެވޭނެ: މެންބަރު ފަލާހު

Advertisement

އެންމެ ފަސް

Advertisement

ރައްޔިތުންގެ މަޖިލީހަށް މިހާރު ހުށަހަޅާފައިވާ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަންގެ ބިލަށް އަމަލު ކުރަން ފެށިޔަސް ޒުވާނުންނަށާއި ރައްޔިތުންނަށް ހަމަ ގަދައަށް ސޯޝަލް މީޑިއާ ބޭނުން ކުރެވޭނެކަމަށް މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަދި ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެ އެވެ.

މެންބަރު ފަލާހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ތުޅާދޫ ދާއިރާގެ މަޖިލިސް މެންބަރު ޢަބްދުލް ހަންނާން ހުށަހަޅުއްވާފައިވާ މީޑިއާ ބިލުގައި ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް ބަންދުކުރެވޭނެ އެއްވެސް މާއްދާއެއް ނުހިމެނޭ ކަމަށެވެ. އަދި ފޭސްބުކް، ޓިކްޓޮކް އަދި ޓްވިޓަރ ފަދަ ޕްލެޓްފޯމްތައް ބަންދުކުރުމަށް މި ބިލުން ފުރުސަތު ނުދޭކަން ފަލާހު ފާހަގަކުރެއްވި އެވެ.

ރައީސް މުޢިއްޒުއަކީ ތިޔަޒުވާނުންނާއި. ރައްޔިތުންނަށް. ދުވަހަކުވެސް ނުލިބޭނެފަދަ ތިޔަ ޒުވާނުންގެ އަދި ރައްޔިތުންގެ މުޅި މުސްތަޤުބަލް އުޖާލާކޮށް ރައްކާތެރި ކޮށްދޭނެ ހެޔޮލަފާ %100 ޔަޤީންކަން އޮތްވެރިއެއް!

ފަލާހު އިތުރަށް ވިދާޅުވީ، ”އެމްޑީޕީއަކީ ލެޕްޓޮޕަކާ ފަޅުރަށަކުން މުޅި ޤައުމު ހިންގޭނެކަމަށް ބުނެ ރައީސް މައުމޫނުގެ ވެރިކަން ދޮގާއި މަކަރާއި އޮޅުވާލުމުން ބަދަލުކުރި ބައެއް“ ކަމަށެވެ. އަދި މިފަދަ ހަނދާންތައް އާކުރުމަކީ މުހިންމު ކަމެއް ކަމުގައި ފަލާހު ފާހަގަކުރެއްވި އެވެ.

ފަލާހުގެ ޕޯސްޓްގައި ރައީސް މުޢިއްޒުގެ ވެރިކަމުގައި ޤައުމަށް ލިބޭނެ ކުރިއެރުމާއި ތަރައްޤީއަށްވެސް އިޝާރާތްކުރައްވާފައިވެ އެވެ. އަދި ”ނޫސްވެރިކަމުގެ ތާޖު އަޅައިގެންތިބި އެމްޑީޕީގެ އެކްޓިވިސްޓުންތަކެއްގެ މަޅީގައި ޒުވާނުން ޖެހިގެން ނުވާނެ“ ކަމަށް ވިދާޅުވެފައިވެ އެވެ.

މިދިޔަވެރިކަމުގައި އެމްޑީޕީގެ ނުފޫޒުގަދަ ފަރާތްތަކުން ކޮށްފައިވާ ވައްކަންތަކުގެ މައްސަލަތައް ކަމާގުޅުންހުރި ފަރާތްތަކުން ބަލަންފަށައިފިކަން އިނގުނު ހިސާބުން ރައްޔިތުންނަށް މުޒާހަރާއަށްގޮވާ ތެޅިފޮޅެނީމި!

އެމްޑީޕީއާއި ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްވެ އޮވެ މީޑިއާ ބިލުގެ ވާހަކަ ދައްކަމުން ދަނީ ރައީސް މުޢިއްޒު މިގައުމަށް ދުވަހަކުވެސް ކުރިން ވެރިއަކަށް ގެނެސްދެވިފައިނުވާ ތަރައްޤީ އާއި ތަހްޒީބު ގެނެސްދެމުން ދާތީ އެތަން ބަލަން ފަސޭހަކަމަކަށް ނުވާތީކަމަށް ފަލާހު ވިދާޅުވި އެވެ.

މަޖިލީހަށް ހުށަހަޅާފައިވާ މީޑިއާ ބިލުގައި ’ނޫސް‘ މާނަކޮށްފައިވަނީ ދުވަހު ނޫސްތަކަށާއި، ހަފްތާ ނޫސްތަކަށާއި، ޓްރޭޑް ޕަބްލިކޭޝަންތަކާއި މިނޫންވެސް ނަންނަމުގައި، ރާއްޖޭގައި ރަޖިސްޓާ ކޮށްގެން، މައުލޫމާތާއި، ހަބަރާއި، ހިޔާލާއި، އިޝްތިހާރު، އާންމުކޮށް ފެތުރުމަށްޓަކައި ގަންނަން ލިބޭ ގޮތަށް، ނުވަތަ އަގަކާ ނުލައި ލިބޭ ގޮތަށް، ޗާޕުކޮށްގެންނާއި، އިންޓަނެޓާއި، މީޑިއާގެ އެހެނިހެން ވަސީލަތްތައް މެދުވެރިކޮށ ޝާއިރުކުރެވޭ ޝާއިރުކުރުންތަކެވެ. މި ބިލުގައި ’މީޑިއާ‘ ވެސް ވަކިން މާނަކޮށްފައިވެ އެވެ. މީޑިއާ މާނަ ކުރުމުގައި ’ނޫސް‘ ގެ މާނައަށް ބައެއް ބަދަލު ގެނެސްފައިވެ އެވެ. އެގޮތުން ދުވަހު ނޫސްތަކަށާއި، ހަފްތާ ނޫސްތަކަށާއި، ޓްރޭޑް ޕަބްލިކޭޝަންތަކުގެ އިތުރުން ޓީވީއާއި ރޭޑިއޯއާއި ވެބްސައިޓްތައްވެސް ހިމަނާފައިވެ އެވެ. އަދި ރާއްޖޭގައި ރަޖިސްޓާ ކޮށްގެން، މައުލޫމާތާއި، ހަބަރާއި، ހިޔާލާއި، އިޝްތިހާރު، އާންމުކޮށް ފެތުރުމުގެ އިތުރުން ރަޖިސްޓާ ނުކޮށްވެސް އެކަން ކުރާނަމަ އެއީ މީޑިއާ ކަމުގައި މާނަ ކުރެވެ އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލިސް އެމްޑީޕީ މީޑިއާ ބިލް ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހަންނާން އަބޫބަކުރު ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހު

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ