ނޫސްވެރިންގެ ކަންބޮޑުވުންތަކަށް އަދިވެސް ހައްލު ގެނެވޭނެ: މިނިސްޓަރު

Advertisement

އެންމެ ފަސް

Advertisement

މީޑިއާ ބިލާ ގުޅިގެން ނޫސްވެރިންގެ ކަންބޮޑުވުންތަކަށް އަދިވެސް ހައްލު ގެނެވޭނެ ކަމަށް ޔޫތް އެމްޕަވަމެންޓް، އިންފޮމޭޝަން އެންޑް އާޓްސްގެ މިނިސްޓަރު އިބްރާހިމް ވަހީދު (އަސްވާޑު) ވިދާޅުވެއްޖެއެވެ.

ޕީއެސްއެމްގެ ”ރާއްޖެ މިއަދު“ ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، މި ބިލާ ގުޅިގެން ނޫސްވެރިންގެ މައިގަނޑު ކަންބޮޑުވުންތައް ހުރީ ޖޫރިމަނާއާއި ލައިސަންސްގެ މައްސަލަތަކުގައި ކަމަށެވެ. އެގޮތުން، ވަކިވަކި ނޫސްވެރިން ޖޫރިމަނާ ކުރެވޭ މާއްދާ އުނިކުރުމަށް ބަންޑާރަ ނައިބުގެ އޮފީހުން ރަސްމީކޮށް ހުށަހަޅާފައިވާ ކަމަށް ވެސް އެ މިނިސްޓަރު ފާހަގަކުރެއްވިއެވެ.

”އެ ބޭފުޅުން ވިދާޅުވާންވީ މިހާރު މި ހުށަހެޅި އިސްލާހުތަކުގެ އިތުރަށް އަދިވެސް ތިމަންނާމެންގެ ކަންބޮޑުވުން އެބަ އޮތޭ މި ކަމުގަ. ހަމަ ވިދާޅުވާންވީ. އަދިވެސް ހަމަ ހައްލު ގެނެވޭނެ. ފާހެއް އަދި ނުކުރޭ. އަދިވެސް ހައްލު ގެނެވޭނޭ،“ މިނިސްޓަރު ވިދާޅުވިއެވެ.

ބަންޑާރަ ނައިބުގެ އޮފީހުން ހުށަހެޅި މުހިންމު އިސްލާހުތައް

މީޑިއާ ބިލަށް ބަންޑާރަ ނައިބުގެ އޮފީހުން ހުށަހަޅާފައިވާ މުހިންމު އިސްލާހުތަކުގެ ތެރޭގައި، މީޑިއާ ރެގިއުލޭޓްކުރާ ކޮމިޝަނުގެ މެންބަރުން ކަނޑައެޅުމާއި ވަކިކުރުމުގައި ރައީސުލްޖުމްހޫރިއްޔާގެ ދައުރު އުނިކުރުމާއި، ކޮމިޝަނުގެ މެންބަރުންގެ ޝަރުތުތަކުގެ ތެރޭގައި ސިޔާސީ ޕާޓީއެއްގެ މެންބަރެއް ކަމުގައި ނުވުން ހިމެނެއެވެ.

މި ބިލަކީ ނޫސްވެރިންނާއި މީޑިއާތައް ކޮންޓްރޯލްކުރެވޭ ގޮތަށް ހުށަހަޅާފައިވާ ބިލެއްގެ ގޮތުގައި ފާހަގަކުރެވޭއިރު، މި ބިލު މަޖިލީހަށް ބަލައިގަނެ ބަހުސްކުރެވިފައިވަނީ ދައުރުން ބޭރުގައި ބޭއްވި ޖަލްސާއެއްގައެވެ. މި ބިލާ މެދު ނޫސްވެރިން ވަނީ ގިނަ ކަންބޮޑުވުންތަކެއް ފާޅުކޮށްފައެވެ.

މިނިސްޓަރު އިބްރާހިމް ވަހީދު (އަސްވާޑު) މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސް މީޑިއާ ބިލް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ