ޒުވާނުންގެ އެވޯޑަށް ނަން ހުށަހެޅުމުގެ ފުރުސަތު ޔޫތު މިނިސްޓްރީން ހުޅުވާލައިފި އެވެ.
މިނިސްޓްރީން ކުރި އިޢުލާނުގައި ބަޔާންކޮށްފައިވާ ގޮތުގައި، މި ފުރުސަތު ހުޅުވިފައި އޮންނާނީ މި މަހުގެ 29 ވާ ބުދަ ދުވަހުގެ 13:00 އާ ހަމައަށެވެ. އެވޯޑަށް އެދި ހުށަހަޅާ ފޯމު މިނިސްޓްރީގެ ވެބްސައިޓުންނާއި، ގޫގުލް ލިންކުން އަދި ސޯޝަލް ސެންޓަރ ރިސެޕްޝަނުން ލިބެން ހުންނާނެ ކަމަށް މިނިސްޓްރީން މަޢުލޫމާތު ދީފައިވެއެވެ.
ފޯމު ބަލައިގަތުމުގެ އިންތިޒާމު ހަމަޖެހިފައިވަނީ ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 8:30 އިން މެންދުރު 14:00 އަށެވެ. މީގެއިތުރުން، އޮންލައިންކޮށް ފޯމު ހުށަހެޅުމަށް ބޭނުންވާ ފަރާތްތަކަށް މިނިސްޓްރީގެ މެއިލް އެޑްރެސް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު ވެސް ލިބިގެންވެއެވެ.
މިނިސްޓްރީން ފާހަގަކުރި ގޮތުގައި މި އެވޯޑަކީ ޤައުމުގެ ތަރައްޤީގައި ޒުވާނުން އަދާކުރާ މުހިންމު ދައުރު ފާހަގަކޮށް، ޒުވާނުންނަކީ މުޖުތަމަޢުއަށް ފައިދާހުރި، އުފެއްދުންތެރި، އަދި ޒިންމާދާރު ބަޔަކަށް ހެދުމަށް ބާރުއަޅައި، ވާގިދިނުމުގެ ގޮތުން ދޭ އިނާމެކެވެ. މި އެވޯޑު 14 ދާއިރާއަކުން ދިނުމަށް ވަނީ ހަމަޖެހިފައެވެ.
މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސް ޒުވާނުންގެ އެވޯޑް