މީޑިއާތަކަށް ދައުލަތުން ދޭ މާލީ އެހީއަށް އެދުމުގެ ފުރުސަތު މި މަހުގެ 27 ގެ ނިޔަލަށް

Advertisement

އެންމެ ފަސް

Advertisement

ރާއްޖޭގައި ރަޖިސްޓަރީ ކޮށްފައިވާ އަމިއްލަ ނޫސް މަޖައްލާތަކާއި ބްރޯޑްކާސްޓް މީޑިއާތަކަށް ދައުލަތުން ދޭ މާލީ އެހީ އަށް އެދުމުގެ ފުރުސަތު ޔޫތު އެމްޕަވަމެންޓް، އިންފޮމޭޝަން އެންޑް އާޓްސް މިނިސްޓްރީން ހުޅުވާލަައިފި އެވެ.

މިނިސްޓްރީން ކުރި އިއުލާނުގައި ބުނެފައިވާ ގޮތުގައި، މި ފުރުސަތު ހުޅުވާލެވުނީ 28 އޮގަސްޓް ގައި ކަމަށާއި، މިކަމަށް އެދި ހުށަހެޅުމުގެ ސުންގަޑިއަކީ 27 ސެޕްޓެމްބަރު 2023 ވަނަ ދުވަހުގެ 14:00 އެވެ. މި އެހީއަށް އެދި ހުށަހެޅޭނީ އޮންލައިން ޕޯޓަލް މެދުވެރިކޮށެވެ.

މިއީ ދައުލަތުގެ ބަޖެޓުން އަމިއްލަ މީޑިއާތަކަށް ދޫކުރާ ފައިސާ ހޯދުމަށް އެދި ކުރިމަތިލުމުގެ ފުރުޞަތު ފުރަތަމަ ފަހަރަށް ހުޅުވާލެވުނު ފުރުސަތެވެ. މި އެހީ ދޫކުރެވޭނީ ދެފުށްފެންނަ އަދި ޒިންމާދާރު އުޞޫލެއްގެ ތެރެއިން ކަމަށާއި، އެ އުޞޫލުގައި މާލީ އެހީ ދިނުމުގެ އެންމެހާ މިންގަނޑުތަކާއި ޝަރުތުތައް ތަފްޞީލުކޮށް ބަޔާންކޮށްފައިވާ ކަމަށް މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.

މި އެހީ ލިބުމަށް ޝަރުތު ހަމަވާނީ މެދުނުކެނޑި ތިން އަހަރު ވަންދެން މީޑިއާ ހިންގާފައިވާ ފަރާތްތަކަށެވެ. މީގެ އިތުރުން، މީޑިއާގެ ކޯޑް އޮފް އެތިކްސް އާއި އެޑިޓޯރިއަލް ސްޓޭންޑަޑް އާންމުކޮށްފައިވުމާއެކު، އާންމު ފަރާތްތަކުން މީޑިއާއާ މުއާމަލާތު ކުރެވޭނެ އިންތިޒާމު ގާއިމުކޮށްފައިވުން ވެސް ލާޒިމްކުރެއެވެ.

މީޑިއާތަކަށް އެހީ ދިނުމުގެ އުޞޫލުގެ ދަށުން، ދައުލަތުގެ ބަޖެޓުގެ އަންދާޒާކުރެވޭ ރެވެނިއުގެ 0.1 އިންސައްތައަށް ވާ މިންވަރު، ރާއްޖޭގައި ރަޖިސްޓްރީ ކޮށްގެން ހިންގާ އަމިއްލަ މީޑިއާތަކަށް ކޮންމެ އަހަރަކު ދޫކުރެވޭނެއެވެ. މި އަދަދު ހިސާބުކުރުމުގައި ހިލޭ އެހީއާއި އާމްދަނީ އިތުރުކުރަން އެ އަހަރަކަށް ހުށަހަޅާ އާ ކަންކަމުން ލިބޭނެކަމަށް ލަފާކުރާ ފައިސާ އަދި ވަކި ކަމަކަށް ހިމަނާފައިވާ ފައިސާ ނުހިމެނޭނެއެވެ.

މި ފިޔަވަޅަކީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދާ އެއްގޮތަށް މީޑިއާތަކާއި ނޫސްވެރިކަން ކުރިއެރުވުމަށްޓަކައި އަޅުއްވާފައިވާ މުހިންމު ފިޔަވަޅެއް ކަމަށް ފާހަގަކުރެވެއެވެ.

މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ