މަޖިލީހުން ތުހުމަތުކުރީ ނޫސްވެރިން ވަނީ ގަދަކަމުން ކަމަށް، އަދި ކޮމިޓީ ކުރިއަށް ގެންދަން ހުރަސްއެޅި ކަމަށް

Advertisement

އެންމެ ފަސް

Advertisement

މީޑިއާ ރެގިއުލޭޓް ކުރުމުގެ ނަމުގައި މަޖިލީހަށް ހުށަހަޅާފައިވާ މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ބިލް ދިރާސާ ކުރުމަށް މިއަދު ބޭއްވި މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ނޫސްވެރިން ވަނީ ގަދަކަމުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ތުހުމަތުކޮށްފި އެވެ.

މީޑިއާ ބިލް ދިރާސާ ކުރުމަށް މިއަދު ބޭއްވި ކޮމިޓީވެސް ސިއްރުކޮށްފައިވާއިރު، މިއަދުގެ ކޮމިޓީގައި ވަނީ ބަންޑާރަނައިބުގެ އޮފީސް އަދި އެހެން އިދާރާތަކުން ބިލަށް ހުށަހަޅާފައިވާ ކޮމެންޓްތައް ދިރާސާކުރުން ކުރިއަށް ގެންގޮސްފަ އެވެ.

މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ މިއަދުގެ ބައްދަލުވުން ސިއްރުކުރިއިރު ކޮމިޓީ ރޫމުގައި ނޫސްވެރިން ތިއްބެވެ. އަދި ކޮމިޓީ ސިއްރު ކުރުމަށްފަހު މަޖިލީހުގެ ސެކިއުރިޓީ ބޭނުންކޮށްގެން ވަނީ ގަދަކަމުން ނޫސްވެރިން ކޮމިޓީ ރޫމުން ނެރެފަ އެވެ.

މިކަމާ ގުޅިގެން މަޖިލީހުގެ އިދާރާއިން މިއަދު ބުނެފައިވަނީ، މިއަދު ބޭއްވުނު މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ ބައްދަލުވުން ކުރިއަށް ގެންދެވުނީ، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ ދަށުން ސިއްރު ބައްދަލުވުމެއްގެ ގޮތުގައި ކަމަށެވެ.

ސިއްރު ބައްދަލުވުމެއްގައި ކޮމިޓީގެ މެންބަރުންނާއި ކޮމިޓީގެ ސެކްރެޓޭރިއެޓް ފިޔަވައި އިތުރުބަޔަކަށް އެ ބައްދަލުވުމުގައި ނުތިބެވޭނެކަން މަޖިލީހުން ފާހަގަކޮށްފައިވެ އެވެ.

”އެހެންނަމަވެސް، 3 ނޫސްވެރިއަކު ކޮމިޓީކުރާ ކޮޓަރިއަަށް ވަދެފައި ވަނީ މި ބައްދަލުވުމަކީ ސިއްރު ބައްދަލުވުމެއްކަން އިންޓަރނަލް ސެކިއުރިޓީއިން އަންގާފައިވަނިކޮށް ގަދަކަމުންނެވެ. އަދި، ކޮމިޓީކުރާ ކޮޓަރިން އެ 3 ނޫސްވެރިން ނެރެންޖެހުނީ ސިއްރު ބައްދަލުވުމަކަށް މަޖިލީހުގެ ގަވާއިދާ ޚިލާފަށް ވަދެ އަޑުގަދަކޮށް ކޮމިޓީ ކުރިއަށް ގެންދިޔުމަށް ހުރަސްއެޅުުމުންނެވެ.“ މަޖިލީހުން ތުހުމަތުކޮށްފައިވެ އެވެ.

މީޑިއާ ބިލް ދިރާސާ ކުރުމަށް އިއްޔެ ބޭއްވި ކޮމިޓީ ބައްދަލުވުންވެސް ވަނީ ސިއްރު ކޮށްފަ އެވެ. އިއްޔެގެ ކޮމިޓީ ބައްދަލުވުން ސިއްރުކުރީ އާންމުންގެ ފަރާތުން ބިލަށް ހުށަހަޅާފައިވާ ކޮމެންޓްތައް ދިރާސާ ކުރާއިރު ޒާތީ މައުލޫމާތު ހިމެނޭތީ، އެ މައުލުމާތުތައް ހާމަވެވެދާނެ ކަމަށް ބުނެ އެވެ.

މީގެކުރިން ކޮމިޓީން ނިންމާފައިވަނީ މި ބިލްގެ މަސައްކަތް ސެޕްޓެމްބަރު 15 ގެ ކުރިން ނިންމުމަށެވެ.

ނޫސްވެރިކަން ރައްޔިތުންގެ މަޖިލިސް މީޑިއާ ބިލް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ