ސްޓެލްކޯ ޑިރެކްޓަރުންގެ ބޯޑުން އާމިރު ވަކިކޮށް، ޑީއެމްޑީ މުޒްނާ އައްޔަނުކޮށްފި

Advertisement

އެންމެ ފަސް

Advertisement

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ)ގެ ޑިރެކްޓަރުންގެ ބޯޑަށް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ބަދަލުތަކެއް ގެނެސްފި އެވެ.

ޕީސީބީން މިއަދު ބުނެފައިވަނީ ސްޓެލްކޯގެ ޑިރެކްޓަރުންގެ ބޯޑުގައި ހިމެނޭ ތ. ތިމަރަފުށި، ބޮޑުގެ / މުހައްމަދު އާމިރު ބޯޑު މެންބަރުކަމުން ވަކިކޮށްފައިވާ ކަމަށެވެ. އާމިރުގެ ބަދަލުގައި ސްޓެލްކޯގެ ޑިރެކްޓަރުންގެ ބޯޑަށް އައްޔަނު ކޮށްފައިވަނީ ސްޓެލްކޯގެ ޑެޕިއުޓީ މެނޭޖިން ޑައިރެކްޓަރ އައިޝަތް މުޒްނާ އެވެ.

ސްޓެލްކޯގެ ޑިރެކްޓަރުންގެ ބޯޑުގައ ިމިހާރު ތިއްބަވަނީ ޗެއާމަން މުހައްމަދު ލަތީފް، މެނޭޖިން ޑައިރެކްޓަރ އަހުމަދު ޝަމާހް ރަޝީދު، ޑީއެމްޑީ އަލީ އަޒްވަރު، ޑީއެމްޑީ އައިޝަތް މުޒްނާ، އަހްމަދު ހާޝިމް، މަރިޔަމް ސާޖިދާ އަދި އަހްމަދު އަސްލަމް އެވެ.

ސްޓެލްކޯގެ ޑިރެކްޓަރުންގެ ބޯޑަށް އައްޔަނުކުރި ޑީއެމްޑީ މުޒްނާ ސްޓެލްކޯއާ ގުޅިވަޑައިގެންފައިވަނީ 2000 ވަނަ އަހަރު އެވެ. ޑީއެމްޑީގެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ 28 ނޮވެމްބަރު 2023 ގަ އެވެ.

މިފަހުން ޕީސީބީން ވަނީ ސްޓެލްކޯގެ މެނޭޖިން ޑައިރެކްޓަރުގެ މަގާމުން ހުސައިން ފަހުމީވެސް ވަކިކޮށްފަ އެވެ. އަދި އެ މަގާމަށް އައްޔަނު ކޮށްފައިވަނީ އަހުމަދު ޝަމާހް ރަޝީދެވެ.

ސްޓެލްކޯ

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ