72 ގަޑިއިރުތެރޭ އިޒްރޭލުން ޣައްޒާގެ 200 އަށްވުރެ ގިނަ އެޕާޓްމެންޓް ބިމާ ހަމަކޮށްފި

Advertisement

އެންމެ ފަސް

Advertisement

އިޒްރޭލުން ފަލަސްތީނުގެ ޣައްޒާއަށް ދެމުންދާ ބޮމުގެ ހަމަލާތަކުގައި 72 ގަޑިއިރުތެރޭ 200 އަށްވުރެ ގިނަ އެޕާޓްމެންޓް ބިމާ ހަމަކޮށްފި އެވެ.

ޣައްޒާގެ ސިވިލް ޑިފެންސްއާ ހަވާލާދީ އަލްޖަޒީރާއިން ބުނެފައިވަނީ ތިން ދުވަސްމަތިން އިޒްރޭލުން ދިން ބޮމުގެ ހަމަލާތަކުގައި 5 އިމާރާތެއް ބިމާ ހަމަކޮށްފައިވާ ކަމަށެވެ.

މި ފަސް އިމާރާތުގައި 209 އެޕާޓްމެންޓް ހުރި ކަމަށާއި، މިއިން ކޮންމެ އެޕާޓްމެންޓެއްގައި 20 ވަރަކަށް މީހުން ދިރިއުޅޭ ކަމަށް ބޭރު މީޑިއާތަކުން ރިޕޯޓުކޮށްފައިވެ އެވެ. އެހެންކަމުން މި އިމާރާތްތަކަށް ބޮން އަޅާ ބިމާ ހަމަކުރުމުގެ ސަބަބުން 4000 އަށްވުރެ ގިނަ މީހުން މަގުމަތިވެފައިވާ ކަމަށް ރިޕޯޓުކޮށްފައިވެ އެވެ.

މީގެއިތުރިން އިޒްރޭލުން ވަނީ ފަލަސްތީނުގެ ރައްޔިތުން ދިރިއުޅޭ ޓެންޓްތަކަށްވެސް ބޮމުގެ ހަމަލާތައް ދީފަ އެވެ. އެގޮތުން 350 އަށް ވުރެ ގިނަ ޓެންޓަށް ހަަމަލާ ދީފައިވާ ކަމަށާއި ކޮންމެ ޓެންޓެއްގައި 10 ވަރަކަށް މީހުން ދިރިއުޅޭ ކަމަށް ރިޕޯޓުކޮށްފައިވެ އެވެ.

ޣައްޒާގެ ރައްޔިތުން ދިރިއުޅޭ ތަންތަނަށް އިޒްރޭލުން ބޮމުގެ ހަމަލާތައް އަމާޒުކުރުމުގެ ސަބަބުން އެތައް ހާސްބަޔަކު ވަނީ މަގުމަތިވެފަ އެވެ. އަދި ބަނޑުހައިހޫނުކަމާއި ސާފުބޯފެން އަދި ރައްކާތެރިކަމެއް ނެތުމުގެ ސަބަބުން އެތައް ހާއްސަ ބަޔަކު ބިރުވެރިކަމުގައި ދިރިއުޅެމުންދާކަމަށްވެސް ރިޕޯޓުކޮށްފައިވެ އެވެ.

2023 އޮކްޓޫބަރު 7 ވަނަ ދުވަހު ދުވަހުން ފެށިގެން އަޒްރޭލުން، ފަލަސްތީނުގެ ނަސްލުނައްތާލުމަށް އިންތިޒާމުވެގެން ހިންގަމުންދާ ޖަރީމާގައި މިހާތަނަށް 64,605 މީހުން ޝަހީދުކޮށްލާފައިވެ އެވެ. މި ހަމަލާތަކުގައި 163,319 މީހުންނަށް އެކިވަރުގެ އަނިޔާތައް ލިބިފައިވެ އެވެ

އިޒްރޭލް-ފަލަސްތީން ގައްޒާ ހަނގުރާމަ

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ