މިއަދު ހިނގި އަލިފާނުގެ ހާދިސާގައި ލިބުނު ގެއްލުންތައް ދެނެގަންނަނީ

Advertisement

އެންމެ ފަސް

Advertisement

މިއަދު ހ. މެލްބޯން ގޭގެ ދެވަނަ ފަންގިފިލާގައި ހިނގި އަލިފާނުގެ ހާދިސާގައި ލިބުނު ގެއްލުން ދެނެގަތުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން މިއަދު ހާމަކޮށްފިއެވެ.

އެންޑީއެމްއޭ އިން މި މައުލޫމާތު ހާމަކޮށްފައިވަނީ އިޖްތިމާއީ މީޑިއާ ޕްލެޓްފޯމް އެކްސްގައި ކުރި ޕޯސްޓެއްގައެވެ. މި ހާދިސާއާ ގުޅިގެން އެއްވެސް މީހަކަށް އަނިޔާއެއް ވެފައި ނުވާކަން އެންޑީއެމްއޭ އިން ފާހަގަކޮށްފައިވެއެވެ.

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ދީފައިވާ މައުލޫމާތުގައިވާ ގޮތުން، މި ހާދިސާ ހިނގާފައިވަނީ އެ ގޭގެ ބަދިގޭގައި ބަހައްޓާފައި ހުރި ހުޑެއްގައެވެ. އަލިފާނުގެ ހާދިސާގެ ސަބަބުން ބަދިގޭގެ ކަނބަޑުތަކާއި އުނދުނާއި ތެލިތައް ބޭނުން ނުކުރެވޭ ވަރަށް އަނދާފައިވާ ކަމަށް ވެސް އެމްއެންޑީއެފުން މައުލޫމާތު ދީފައިވެއެވެ.

މި ހާދިސާއާ ގުޅިގެން އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިއު ސަރވިސްގެ ފަރާތުން އަލިފާން ނިއްވުމުގެ މަސައްކަތް ކުރުމަށްފަހު، މިހާރު ވަނީ އެންޑީއެމްއޭގެ ފަރާތުން ގެއްލުން ވަޒަންކުރުމުގެ މަސައްކަތް ފަށާފައެވެ.

އަލިފާނުގެ ހާދިސާ އެމްއެންޑީއެފް މޯލްޑިވްސް ނޭޝަނަލް ޑިޒާސްޓާރ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ)

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ