ފަހުމީގެ ޝުކުރު ރައީސް ޑރ. މުއިއްޒުއަށް

Advertisement

އެންމެ ފަސް

Advertisement

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) ގެ މެނޭޖިން ޑިރެކްޓަރުކަމުން ވަކިކުރެވުނު ހުސެއިން ފަހުމީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ޝުކުރު އަދާކުރައްވައިފި އެވެ.

ފަހުމީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، 27 އަހަރު ވަންދެން ޚިދުމަތްކުރެއްވި ސްޓެލްކޯގެ އެންމެ އިސް މަޤާމު އަދާކުރުމުގެ ފުރުސަތު ދެއްވި ކަމަށްޓަކައި ރައީސް މުއިއްޒަށް ޝުކުރު އަދާކުރައްވާ ކަމަށެވެ. އަދި ސްޓެލްކޯގެ ކާމިޔާބީގެ ފަހަތުގައިވާ އެގްޒެކެޓިވުންނާއި މުވައްޒަފުންގެ މިންނެތް މަސައްކަތަށް ޝުކުރު އަދާކުރައްވާ ކަމަށެވެ.

ފަހުމީ އިތުރަށް ވިދާޅުވެފައިވަނީ، ސްޓެލްކޯއިން ހާސިލުކުރެވުނު ކާމިޔާބީތަކާމެދު ފަޚުރުވެރިވާ ކަމަށާއި، ކުރިއަށް އޮތް އަހަރުތަކުގައިވެސް ސްޓެލްކޯއަށް ކުރިއެރުމާއި ކާމިޔާބީ އެދިވަޑައިގަންނަވާ ކަމަށެވެ.

ފަހުމީ މަޤާމުން ވަކިކޮށްފައިވަނީ މާލެ ސަރަހައްދުން އަވަސް އަވަހަށް ކަރަންޓު ކެނޑޭ މައްސަލައިގައި ސަރުކާރުގެ ވެރިން ހިތްހަމަނުޖެހުން ފާޅުކުރަމުން ދިޔަތާ ދުވަސްކޮޅެއް ފަހުންނެވެ. މި މައްސަލައާ ގުޅޭގޮތުން ފަހުމީ ވިދާޅުވެފައިވަނީ މާލޭގައި ކަރަންޓުގެ ބޭނުންކުރުން އިތުރުވަމުން އަންނާތީ، އައު އިންޖީނުގެއެއްގެ ބޭނުން ޖެހިފައިވާ ކަމަށެވެ.

ފަހުމީގެ ބަދަލުގައި ސްޓެލްކޯގެ އެމްޑީގެ މަޤާމަށް އައްޔަންކޮށްފައިވަނީ މިފްކޯގެ ކުރީގެ އެމްޑީ އަދި ފިޝަރީޒް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަޙްމަދު ޝަމާޙް ރަޝީދެވެ. ޝަމާޙް ވަނީ މިދިޔަ އަހަރުގެ މާރިޗު މަހު މިފްކޯގެ އެމްޑީކަމުން ސަސްޕެންޑް ކުރެވި، މެއި މަހު އެ މަޤާމުން ވަކިކުރެވިފައެވެ.

 

ސްޓެލްކޯ ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރ ހުސެއިން ފަހުމީ

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ