ސްޓެލްކޯއިން ފަހުމީ ވަކިކޮށް، އެ މަޤާމަށް މިފްކޯގެ ކުރީގެ އެމްޑީ ސަމާހް އައްޔަންކޮށްފި

Advertisement

އެންމެ ފަސް

Advertisement

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) ގެ މެނޭޖިން ޑިރެކްޓަރ ހުސެއިން ފަހުމީ މަޤާމުން ވަކިކޮށްފި އެވެ.

ސަރުކާރުގެ ކުންފުނިތަކުގެ ބެލެނިވެރިޔާ ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ބުނީ ފަހުމީ އެ މަޤާމުން ވަކިކޮށްފައިވަނީ މިއަދު ކަމަށެވެ. އޭނާގެ ބަދަލުގައި އައްޔަންކޮށްފައިވަނީ މިފްކޯގެ މެނޭޖިން ޑިރެކްޓަރުކަމުގެ މަޤާމުން މި ސަރުކާރުގެ ކުރީކޮޅުގައި ވަކިކުރެއްވި އަޙްމަދު ޝަމާޙް ރަޝީދު އެވެ.

ފަހުމީ މަޤާމުން ވަކިކޮށްފައިވަނީ އޭނާ މަޤާމުން ވަކިކުރަން އުޅޭކަމުގެ އަޑުތައް ގަދަވެފައިވާތާ ދުވަސްކޮޅެއް ފަހުންނެވެ. އޭނާއާ މެދު ސަރުކާރުގެ ވެރިން ހިތްހަމަނުޖެހުން ފެށީ، މާލެ ސަރަހައްދުން އަވަސް އަވަހަށް ކަރަންޓު ކެނޑޭ މައްސަލައިގަަ އެވެ. އެކަމާއި ގުޅޭގޮތުން ރަސްމީ ސިފައެއްގައި ފަހުމީ މިހާތަނަށް އެއްވެސް ކޮމެންޓެއްކުރައްވާފައެއްނުވެ އެވެ. ވިދާޅުވެފައިވަނީ މާލެ ސަރަހައްދުގައި ކަރަންޓު ބޭނުންކުރާ މިންވަރު ކޮންމެ އަހަރަކުން އަހަރަކަށް އިތުރުވަމުން އަންނަ ކަމަށެވެ. އަދި އެކަމަށް އައު އިންޖީންގެއެއް ބޭނުންވާ ކަމަށެވެ.

ސްޓެލްކޯގެ އައު މެނޭޖިން ޑިރެކްޓަރ ސަމާހްއަކީ މި ސަރުކާރުގެ ފުރަތަމަ މިފްކޯގެ މެނޭޖިން ޑިރެކްޓަރުގެ މަޤާމު އަދާކުރެއްވި ބޭފުޅާ އެވެ. ނަމަވެސް މަޤާމަށް އައްޔަންކުރެއްވިތާ ގިނަ ދުވަސްތަކެއް ނުވެ، އޭނާ ސަސްޕެންޑްކުރެވުނު އެވެ. އެއީ މިދިޔަ އަހަރުގެ މާރިޗު މަހުގަ އެވެ. އޭގެފަހުން މިދިޔަ އަހަރުގެ މެއި މަހު އޭނާ މިފްކޯއިން ވަކިކުރި އެވެ. އޭގެފަހުން އޭނާ ހުންނެވީ ފިޝަރީޒް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށެވެ.

ސަމާހް އޭރު މަޤާމުން ވަކިކުރެވުނީ މިފްކޯގެ އިމާރާތެއް ބޭނުންކުރުމާއި މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ބައެއް މީހުންނަށް ވަޒީފާ ދިނުމުގެ ތުހުމަތުގަ އެވެ. ނަމަވެސް އެ ތުހުމަތުތަކަށް އޭނާ އިންކާރުކުރައްވަ އެވެ.

ސްޓެލްކޯ ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރ ހުސެއިން ފަހުމީ ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ