އެމްޔޫ މަނިކުގެ ހަނދާނުގައި ތައުޒިޔާގެ ދަފްތަރެއް ހުޅުވަނީ

Advertisement

އެންމެ ފަސް

Advertisement

ރާއްޖޭގެ ފަތުރުވެރިކަމުގެ އެއްބާނީ ނިޝާން މުލީގޭ ޝަރަފުގެ އިއްޒަތުގެ ވެރިޔާ މުހައްމަދު އުމަރު މަނިކުގެ ހަނދާނުގައި މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ)އިން ތައުޒިޔާގެ ދަފްތަރެއް ހުޅުވާލުމަށް ނިންމައިފި އެވެ.

މަޓީގެ ޗެއާމަން އެމްޔޫ މަނިކުގެ ހަނދާނުގައި މި ތައުޒިޔާ ފޮތުގައި ސޮއިކުރުން އޮންނާނީ މާދަމާ އިން ފެށިގެން މި މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް މަޓީގެ އޮފީހުގަ އެވެ. އަދި ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ވެސް ހެނދުނު 9 އިން ހަވީރު 5 އަށް ދަފްރުގައި ސޮއި ކުރެވޭނެ ކަމަށް މައުލޫމާތުދީފައިވެ އެވެ.

އުމުރުފުޅުން 78 އަހަރުގައި އެމްޔޫ މަނިކު އަވަހައަރަވީ ސިއްހީ ހާލަތު ދަށްވެ، ސިންގަޕޫރުގެ މައުންޓް އެލިޒަބަތު ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާާދޭން ދަނިކޮށެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގެ ތާރީހުގައި އެންމެ ފާހަގަކޮށްލެވޭ އެއް ޝަހުސިއްޔަތު ކަމަށްވާ އެމްޔޫ މަނިކަކީ ރާއްޖޭގައި ފުރަތަމަ ރިސޯޓު ހުޅުވި ފަރާތެވެ. ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގެ އެންމެ އިސް ޖަމިއްޔާ ކަމަށްވާ މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މާޓީ)ގެ ޗެއަރމަންކަން 30 އަހަރަށްވުރެ ގިނަ ދުވަހު ކުރައްވާފައިވާ އެމްޔޫ މަނިކަކީ މިހާރުވެސް އެ މަގާމުގައި ހުންނެވި ބޭފުޅެކެވެ. މީގެ އިތުރުން އޭނާއަކީ ރާއްޖޭގެ އެންމެ ބޮޑު އެއް ވިޔަފާރި ކުންފުނި ކަމަށްވާ ޔުނިވާސަލް އެންޓަޕްރައިސަސް ހިންގަވާ ބޭފުޅާއެވެ.

އެމްޔޫ މަނިކުގެ ހިދުމަތްތަކަށް ބަލާއިރު، މަރުކަޒީ ބޭންކު، އެމްއެމްއޭގެ ޑިރެކްޓަރުންގެ ބޯޑުގައި މަސައްކަތްކުރެއްވުމުގެ އިތުރުން، އައިލެންޑް އޭވިއޭޝަންގެ ޗެއާމަންކަމާއި، 2013 އިން 2024 ގެ ޖެނުއަރީއާ ހަމައަށް އެމްއޭސީއެލްގެ ޗެއާމަންކަން ކުރައްވާފައިވެ އެވެ. އަދި ފަތުރުވެރިކަމުގެ ދާއިރާއިން ކުރައްވާފައިވާ އަގުހުރި ހިދުމަތްތަކަށްޓަކައި 1982 ވަނަ އަހަރު އާންމު ހިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމާއި 2002 ވަނަ އަހަރު ޝަރަފުވެރިކަމުގެ އިނާމު ހާސިލްކުރައްވާފައިވެއެވެ.

މަޓީގެ ޗެއާމަން މުހައްމަދު އުމަރު މަނިކު (އެމްޔޫ މަނިކު) މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓުއަރިޒަމް (މަޓީ)

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ