މި ސެޕްޓެމްބަރު މަހު ރާއްޖެއަށް ވާރޭ ވެހޭލެއް މަދުވާނެ: މެޓް

Advertisement

އެންމެ ފަސް

Advertisement

އެހެން އަހަރުތަކުގެ ސެޕްޓެމްބަރު މަހާއި އަޅާބަލާއިރު މި ސެޕްޓެމްބަރު މަހު، ރާއްޖެއަށް ވާރޭ ވެހޭ މިންވަރު މަދުވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން ބުނެފިއެވެ.

މެޓް އިން އާންމުކުރި މައުލޫމާތުގައިވާ ގޮތުން، އުތުރާއި މެދުރާއްޖެތެރޭގެ ހިސާބުތަކުގެ ފިނިހޫނުމިން ހުންނާނީ އާންމުކޮށް ހުންނަ މިންވަރުގައެވެ. ނަމަވެސް ދެކުނު ސަރަހައްދުތަކުގެ ފިނިހޫނުމިން އާދަޔާ ޚިލާފަށް މަތިވާނެ ކަމަށް އެ އިދާރާއިން ލަފާކުރެއެވެ.

މޫސުމާ ބެހޭ އިދާރާއިން ހާމަކުރި ގޮތުގައި، ވާރޭވެހޭ މިންވަރު އަންދާޒާކުރަނީ ދިގު މުއްދަތުގެ ރެކޯޑްތަކަށް ބަލައިގެންނެވެ. މި ގޮތުން މި މަހު ވާރޭވެހޭނެ މިންވަރު ލަފާކޮށްފައިވަނީ 1991 އިން 2020 އާ ދެމެދު ސެޕްޓެމްބަރު މަހު ރާއްޖެއަށް ވިއްސާރަކޮށްފައިވާ މިންވަރަށް ބަލައިގެންނެވެ.

މެޓްގެ ރެކޯޑްތަކުން ދައްކާ ގޮތުގައި މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުވެސް ރާއްޖޭގެ އުތުރުގެ ސަރަހައްދުތައް ފިޔަވައި އެހެން ހިސާބުތަކަށް ވާރޭވެހުނު މިންވަރު ވަނީ ވަރަށް ބޮޑަށް މަދުވެފައެވެ.

މިމަހު ރާއްޖެ ސަރަހައްދުގެ މޫސުން ލަފާކުރެވޭގޮތުގެ އަންދާޒާ

މިއީ މޫސުމަށް އަންނަމުންދާ ބަދަލުތަކުގެ ސަބަބުން ފާހަގަކުރެވޭ ބަދަލުތަކެއް ކަމަށް ތަޖުރިބާކާރުން ފާހަގަކުރެއެވެ. މޫސުމަށް އަންނަ މިފަދަ ބަދަލުތަކުގެ ސަބަބުން ދަނޑުވެރިކަމާއި، ފެނުގެ ވަސީލަތްތަކަށް ނޭދެވޭ އަސަރުކުރުމަކީ އެކަށީގެންވާ ކަމެއް ކަމަށް ވެސް މާހިރުން ފާހަގަކުރެއެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާ

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ