ރަޝިޔާގެ އިރު އުތުރު އައްސޭރިއަށް ބިންހެލުމެއް، ރާއްޖެއަށް އަސަރެއް ނުކުރާނެ

Advertisement

އެންމެ ފަސް

Advertisement

ރަޝިޔާގެ އިރު އުތުރުގެ އައްސޭރި، ކަމްޗަޓްކާ ކައިރިއަށް އައި ބިންހެލުމުގެ ސީދާ އަސަރު ރާއްޖެއަށް ނުކުރާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ބުނެފިއެވެ.

އެ އޮފީހުން ބުނީ މި ބިންހެލުން ރަޝިޔާގެ އިރު އުތުރުގެ އައްސޭރިއަށް އައީ މިއަދު ހެނދުނު ރާއްޖެ ގަޑިން ހެނދުނު 07:37 އެހާ ކަން ހާއިރު ކަމަށެވެ. އެއީ 7.2 މެގްނިޓިއުޑްގެ ބާރު މިނުގައި އައި ބިން ހެލުމެކެވެ.

މި ސަރަހައްދަކީ ރާއްޖެއާއި 9421 ކިލޯމީޓަރު ދުރު ސަރަހައްދެއް ކަމަށާއި މި ބިންހެލުމުގެ ސީދާ އަސަރު ރާއްޖެއަށް ނުކުރާނެ ކަމަށް މެޓް އޮފީހުން ބުނެފައިވެ އެވެ.

ޖަރުމަނުގެ ރިސާޗް ސެންޓަރ ފޯ ޖިއޮސައިންސަސްއާ ހަވާލާދީ ބޭރުގެ ބައެއް މީޑިޔާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ރަޝިޔާގެ ކަމްޗަޓްކާ ސަރަހައްދުގެ އިރުމަތީ އައްސޭރިފަށަށް ބިންހެލުން އައިސްފައިވަނީ 10 ކިލޯމީޓަރު އަޑިއަށެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާ

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ