ރަސޫލާ ދެކެ ލޯބިވުމުގެ ތެރޭގައި އެކަލޭގެފާނު ގެންނެވި ރިސާލަތަށް ތަބާވުން ހިމެނޭ: ހުތުބާ

Advertisement

އެންމެ ފަސް

Advertisement

ކީރިތިރަސޫލާ ދެކެ ލޯބިވުމުގެ ތެރޭގައި، އެކަލޭގެފާނު ގެނެސްދެއްވި ރިސާލަތަށް ތަބަޢަވުން ހިމެނޭކަމަށް ހުކުރު ހުތުބާގައި ބުނެފި އެވެ.

މިއަދުގެ ހުތުބާގެ މައުލޫއަކީ ކީރިތި ރަސޫލާ ދެކެ ލޯބިވުމެވެ.

ހުތުބާގައި ފާހަގަކުރެވުނު ގޮތުގައި، ޖިންނީންނާއި އިންސީންނަށް ތެދުމަގު ދެއްކެވުމަށް މާތްﷲ ފޮނުއްވެވި ރަސޫލާ ދެކެ ލޯބިވުމަކީ ޤުރްއާނާއި ސުންނަތުން ސާބިތުވާ، އަދި މާތްﷲ އަމުރުކުރައްވާފައިވާ ކަމެކެވެ. އަދި މިއީ އެންމެހައި މުސްލިމުންގެ މައްޗަށް ވާޖިބުވެގެންވާ ކަމެއްކަމަށްވެސް ބަޔާންކޮށްފައިވެ އެވެ.

ހުތުބާގައި އިތުރަށް ފާހަގަކުރެވުނު ގޮތުގައި، ކީރިތި ރަސޫލާ ރަސޫލުކަމާއިގެން ވަޑައިގަތުމުގެ ކުރިން ދުނިޔެ އޮތީ ޖާހިލުކަމުގެ އަނދިރީގަ އެވެ.

”އޭރުގެ މުޖުތަމަޢުގައި އަންހެނުންނަށް އެއްވެސް މަޤާމެއް ނެތެވެ. އަގެއް ނެތެވެ. ވާރުތައިން ލިބޭ ހިއްސާއެއް ނޯވެއެވެ.“ ހުތުބާގައި ބުނެފައިވެ އެވެ.

އެކަލޭގެފާނު ގެނެސްދެއްވި ދީނުގައި އިންސާފާއި ހަމަހަމަކަން އޮތްކަމަށާއި، އެއީ ދުނިޔެއާއި އާޚިރަތް ބާއްޖަވެރިކުރެވޭނެ މަގުކަމަށް ހުތުބާގައި ބަޔާންކޮށްފައިވެއެވެ. އަދި މި ދީނުގެ ސަބަބުން ބައިބައިވެފައި އޮތް މުޖުތަމަޢު އެކުވެރިވެ، ހަތުރުން މިތުރުންނަށް ވެގެން ދިޔަކަންވެސް ފާހަގަކޮށްފައިވެ އެވެ.

ކީރިތި ރަސޫލާ ދެކެ ލޯބިވުމުގެ ތެރޭގައި ހިމެނޭ ކަންތައްތަކުގެ ގޮތުގައި، އެކަލޭގެފާނުގެ ޝަޚުޞިއްޔަތާއި، ސުންނަތް ދިފާޢުކުރުމާއި، ސުންނަތުގެ މައްޗަށް ބަސްނުކިޔުމާއި، އެކަލޭގެފާނުގެ އަޞްޙާބުބޭކަލުންނާއި، އަނބިއަނބިކަނބަލުން ދިފާޢުކުރުން ހިމެނޭކަމަށް ހުތުބާގައި ބަޔާންކޮށްފައިވެ އެވެ.

މީގެ އިތުރުން ކީރިތި ޤުރްއާނުގައި މާތްﷲގެ ފޮތާއި، ކީރިތި ރަސޫލާގެ ސުންނަތުގައި ވަރުގަދައަށް ހިފަހައްޓައިގެން ތިބުމަށް އަމުރުކުރައްވާފައިވާކަމަށާއި، މުސްލިމުން އެކަތިގަނޑަކަށް ވުމަށް އަންގަވާފައިވާކަން ފާހަގަކޮށްފައިވެ އެވެ.

ހުކުރު ހުތުބާ

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ