ރާއްޖެ ޓްރާންސްޕޯޓް ލިންކު (އާރުޓީއެލް) ފެރީގެ ހިދުމަތް އިތުރު ފަސް އަތޮޅެއްގައި ފެށުމަށް ބޭނުންވާ ދިރާސާތަކުގެ މަސައްކަތް މި މަހު ފެށުމަށް ހަމަޖެހިފައިވާކަމަށް ޓްރާންސްޕޯޓް މިނިސްޓްރީއިން ބުނެފި އެވެ.
މި ދިރާސާތައް ކުރިއަށްގެންދިއުމަށް ހަވާލުކޮށްފައިވަނީ ޖަޕާން އިންޓަނޭޝަނަލް ކޯޕަރޭޝަން އެސިސްޓެންސް (ޖައިކާ) އާއެވެ.
ޓްރާންސްޕޯޓް މިނިސްޓްރީއިން ބުނީ، އާރުޓީއެލް ފެރީގެ ހިދުމަތް ފުޅާކުރުމުގެ މަޝްރޫއުގެ ދަށުން ”ޒޯން 4“ ގައި ހިދުމަތް ފެށުމަށްޓަކައި ހަދަންޖެހޭ ދިރާސާތައް ފެށުމަށް ޖައިކާއާއެކު މަޝްވަރާކޮށްފައިވާ ކަމަށެވެ.
މި މަޝްވަރާ ބައްދަލުވުމުގައި، ޖައިކާގެ ފަރާތުން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ”ބޭސްލައިން ސަވޭ“ އާ ބެހޭ މައުލޫމާތު ހިއްސާކޮށްފައިވާ ކަމަށާއި، ބޭސްލައިން ސަރވޭ ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ މިމަހާއި އަންނަ މަހުގައި ކަމަށްވެސް ޓްރާންސްޕޯޓް މިނިސްޓްރީއިން ބުނެފައިވެ އެވެ.
އެގޮތުން، ”ޒޯން 4“ ގައި ހިމެނޭ އަތޮޅުތަކަކީ މ، ފ، ދ، ތ، އަދި ލ، އަތޮޅެވެ.
މިދިރާސާތަކުގެ މަސައްކަތް ނިމުމުން މި އަތޮޅުތަކަށް އާރުޓީއެލްގެ ހިދުމަތް ފަށަން ތައްޔާރީތައް ވާނެއެވެ.
މިހާރު އާރުޓީއެލްގެ ހިދުމަތް ގާއިމުކޮށްފައިވަނީ ރާއްޖޭގެ 11 އަތޮޅެއްގަ އެވެ.
ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން