އީސީގެ ވޯކް އިން އިންޓަވިއުގައި ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވެއްޖެ

Advertisement

އެންމެ ފަސް

Advertisement

އިލެކްޝަން ކޮމިޝަން(އީސީ) އިން، ކުރިއަށް މި އޮތް ލޯކަލް ކައުންސިލް އިންތިހާބުގެ މަސައްކަތަށް މުވައްޒަފުން ނެގުމަށް ކުރިއަށް ގެންދާ ވޯކް އިން އިންޓަވިއުގައި ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވެ ބޮޑު ތަރުހީބެއް ލިބިއްޖެ އެވެ.

އެ ކޮމިޝަނުން މައުލޫމާތު ދިން ގޮތުގައި ކަލާފާނު ސުކޫލުގައި ކުރިއަށް ގެންދިޔަ ވޯކް-އިން އިންޓަވިއު ގައި 100 އަށް ވުރެ މީހުން ފޯމު ހުށަހަޅާފައިވެ އެވެ. އަދި ފޯމު ހުށަހެޅި ފަރާތްތަކުގެ ތެރޭގައި 18 އަހަރާއި 25 އަހަރާ ދެމެދުގެ ޒުވާނުން ގިނަ ކަން ފާހަގަކޮށް ބުނީ އެންމެ ގިނައިން ފޯމު ހުށަހަޅާފައިވަނީ އޮފިސަރުންނަށާއި ސީނިއާ އޮފިސަރުންގެ މަގާމަށް ކަމަށެވެ.

އެ ކޮމިޝަނުގެ ވޯކް އިން އިންޓަވިއުގެ ދެވަނަ ސެޝަން މިއަދު ކާމިލް ދީދީ ޕްރައިމަރީ ސުކޫލުގައި އަންނަނީ ކުރިއަށް ގެންދަމުންނެވެ. މި ސެޝަން މިރޭ 10 ޖަހަން ދެން ކުރިއަށް ގެންދާނެ އެވެ.

ވޯކް-އިން އިންޓަވިއުއަށް ދާއިރު އައިޑީ ކާޑާއި ތައުލީމީ ސެޓްފިކެޓް އަދި ސީވީގެ ކޮޕީ ގެންދަން ޖެހެ އެވެ. އަދި ޝަރުތު ހަމަވާ މީހުން ފޯމު ހުށަހެޅުމާއި ވަގުތުން އިންޓަވިއުކުރުމާއި ޕްރެކްޓިކަލް ޓެސްޓް ހެދުމުގެ އިންތިޒާމްތައް ހަމަޖައްސާފައިވެ އެވެ.

މި ވޯކް އިން އިންޓަވިއުއަށް ފަހު މަގާމުތަކަށް މީހުން ހަމަ ނުވާނަމަ އެ މަގާމުތަކަށް މީހުން ހަމަވަންދެން އަންނަ މަހު އެކަކުން ފެށީގެން ކޮންމެ 15 ދުވަހަކުން މަގާމަށް ކުރިމަތިލާފައިވާ މީހުން އިވެލުއޭޓްކޮށް މީހުން ނަގާނެ އެވެ. ހިއުމަން ރިސޯސް، އެޑްމިނިސްޓްރޭޝަން، މީޑިއާ، ޕަބްލިކް ރިލޭޝަންސް، އިންފޮމޭޝަން ޓެކްނޮލޮޖީ، ފައިނޭންސް އަދި ލީގަލް ދާއިރާތަކުން މީހުން ނަގާނެ ކަމަށް އެ ކޯޕަރޭޝަނުން ބުނެފައިވެ އެވެ.

ކައުންސިލްތަކުގެ އިންތިހާބުތަކުގެ މަސައްކަތަށް 363 މުވައްޒަފުން ހޯދަން އީސީ އިން އިއުލާނުކޮށްފައިވެ އެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ) ލޯކަލް ކައުންސިލް އިންތިހާބު 2026

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ