ގުޅިފަޅުން ގޯތި ލިބުނު 1260 ފަރާތަކަށް ގޯތީގެ ރަޖިސްޓްރީ ދޫކޮށްފި

Advertisement

އެންމެ ފަސް

Advertisement

ބިންވެރިޔާ ސްކީމްގެދަށުން ގުޅިފަޅުން ގޯތި ލިބިފައިވާ 1260 ފަރާތަކަށް ގޯތީގެ ރަޖިސްޓްރީ ދޫކުރެވިފައިވާ ކަމަށް ހައުސިން މިނިސްޓްރީއިން ބުނެފި އެވެ.

ހައުސިން މިނިސްޓްރީއިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، ރަޖިސްޓްރީ ދޫކުރުމުގެ މަސައްކަތް ކުރިއަށްދަނީ އެ މިނިސްޓްރީއިން ކުރިން ހިންގި އިމާރާތުގެ ބިމުގައި ކަމަށެވެ.

ގުޅީފަޅުން ގޯތި ލިބުނު ފަރާތްތަކަށް ބަންޑާރަ ގޯތީގެ ރަޖިސްޓްރީ ދޫކުރުމުގެ މަސައްކަތް ހައުސިން މިނިސްޓްރީން ފަށާފައިވަނީ މިދިޔަ ޖުލައި މަހުގެ 12 ވަނަ ދުވަހު އެވެ.

ހައުސިން މިނިސްޓްރީން ރަޖިސްޓްރޭޝަންގެ މަސައްކަތް އަލުން ކުރިއަށްގެންދިއުމަށް ނިންމާފައިވަނީ، ގުޅީފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް ގެނައި ބަދަލާއި ގުޅިގެން، ގޯތީގެ ޕްލޮޓް ކަނޑައެޅުމަށް އަލުން ގުރުއަތު ނަގާފައިވާތީ އެވެ. މީގެ ސަބަބުން، ކުރިން ގޯތި ލިބި ރަޖިސްޓްރީ ދޫކުރި ޕްލޮޓްތައްވަނީ ބަދަލުވެފަ އެވެ.

ގޯތި ލިބޭ ފައިނަލް ޕްލޮޓް ކަނޑައަޅާފައިވަނީ މޭއިމަހުގެ 30 ވަނަ ދުވަހު އުސްފަސްގަނޑު ސަރަޙައްދުގައި ބޭއްވި ގުރުއަތުނެގުމުގަ އެވެ. އާ ރަޖިސްޓްރީގައި ސޮއިކުރުން ކުރިއަށްދަނީ އެޕޮއިންޓްމަންޓް އުސޫލުންނެވެ. ”ހިޔާވެހި ޕޯޓަލް“ މެދުވެރިކޮށް އެޕޮއިންޓްމަންޓް ހެއްދުމުގެ އިންތިޒާމު ހަމަޖައްސާފައިވާއިރު، ރަޖިސްޓްރީ ބަލައިގަތުމަށް ހުށައަޅަންޖެހޭ ލިޔެކިޔުމުގެ ތަފްސީލްތައްވެސް ޕޯޓަލްގައި ހިމަނާފައިވެ އެވެ.

ރަޖިސްޓްރީއާއި ހަވާލުވުމަށް އަންނައިރު ގޯތި ލިބިފައިވާ ފަރާތުގެ އައިޑީ ކާޑުގެ އަސްލު ގެންނަންޖެހޭއިރު، ބަދަލުގައި އެހެން ފަރާތެއް އަންނަނަމަ، ޕަވަރ އޮފް އެޓަރނީގެ އަސްލާއި އެފަރާތުގެ އައިޑީ ކާޑުގެ އަސްލު ގެންދަންޖެހެ އެވެ. މީގެއިތުރުން މިނިސްޓްރީއާއެކު ކުރިން ސޮއިކޮށްފައިވާ ބަންޑާރަ ގޯތި ދޫކުރުމުގެ އެއްބަސްވުމާއި، ކުރިން ދޫކޮށްފައިވާ ބަންޑާރަ ގޯތީގެ ރަޖިސްޓަރީގެ އަސްލުވެސް ގެންދަންޖެހެ އެވެ.

ހައުސިން މިނިސްޓްރީން ބުނީ، އެޕޮއިންޓްމަންޓް ގަޑީގެ 5 މިނެޓް ފަހުން ހާޒިރުވާ ފަރާތްތަކާއި ލިޔެކިޔުންތައް ފުރިހަމަނުކޮށް ހާޒިރުވާ ފަރާތްތަކުގެ އެޕޮއިންޓްމަންޓް ކެންސަލްވާނެ ކަމަށެވެ. ނަމަވެސް އެފަދަ ހާލަތެއްގައި އަލުން އެހެން ތާރީޚަކާއި ގަޑިއަކަށް އެޕޮއިންޓްމަންޓަށް އެދުމުގެ ފުރުޞަތު ލިބޭނެ އެވެ. އެޕޮއިންޓްމަންޓް ހަމަޖެހޭ ފަރާތްތަކަށް، ”ހިޔާވެހި ޕޯޓަލް“ އަދި އެސްއެމްއެސް މެދުވެރިކޮށް ހާޟިރުވާންޖެހޭ ގަޑި އަދި ތަން އަންގާނެކަމަށް އެ ވުޒާރާއިން މަޢުލޫމާތު ދެއްވި އެވެ.

މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ގުޅިފަޅު

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ