ފިހާރަތަކަކާއި ކެފޭތަކެއް ފާސްކޮށް، ބިދޭސީއަކު އަތުލައިގެންފި

Advertisement

އެންމެ ފަސް

Advertisement

ހުޅުމާލޭގައި ހުރި ފިހާރަތަކަކާއި ކެފޭތަކެއް ބަލައިފާސްކޮށް ގަވާއިދާ ހިލާފަށް އުޅެމުންދިޔަ ބިދޭސީންތަކެއް އިމިގްރޭޝަނުން ހައްޔަރުކޮށްފިއެވެ.

އިމިގްރޭޝަނުން މައުލޫމާތު ދިން ގޮތުގައި އިއްޔެ ހަވީރު ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގައި ތިން ކެފޭއަކާއި ދެ ފިހާރައެއް ވަނީ ބަލައި ފާސްކޮށްފައެވެ. މި އޮޕަރޭޝަނަކީ ހުޅުމާލޭގައި ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއް ކަމަށް އިމިގްރޭޝަނުން ބުނެފައިވެއެވެ.

ގަވާއިދާ ހިލާފަށް ދިރިއުޅެމުން އަންނަ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ކަމާބެހޭ އިދާރާތަކާ ގުޅިގެން އިމިގްރޭޝަނުން ކުރިއަށް ގެންދާ ރެއިޑް އޮޕަރޭޝަންތަކުގައި ގަވާއިދާ ހިލާފަށް ދިރިއުޅޭ ގިނަ އަދަދެއްގެ ބިދޭސީން ވަނީ ހައްޔަރުކޮށް ޑީޕޯޓުކޮށްފައެވެ.

މީގެ އިތުރުން، ރާއްޖޭގައި ދިރިއުޅޭ ބިދޭސީންގެ ބަޔޯމެޓްރިކްސް މަޢުލޫމާތު ނެގުމަށް ”އޮޕަރޭޝަން ކުރަނގި“ ގެ ނަމުގައި އޮޕަރޭޝަނެއް މިދިޔަ އަހަރުގެ މެއި މަހު ވަނީ ފަށާފައެވެ. މި އޮޕަރޭޝަންގެ ދަށުން ވެސް ގިނަ އަދަދެއްގެ ބިދޭސީންގެ މަޢުލޫމާތު ވަނީ ރެކޯޑުކުރެވިފައެވެ.

ބިދޭސީންގެ މައްސަލަ އިމިގްރޭޝަން

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ