ވިޔަފާރިވެރިޔާ ކެރަފާ ޣަނީ އަވަހާރަވެއްޖެ، ނައިބް ރައީސްގެ ތައުޒިޔާ އާއިލާއަށް

Advertisement

އެންމެ ފަސް

Advertisement

މަޝްހޫރު ވިޔަފާރިވެރިޔާ އަދި ފަތުރުވެރިކަމުގެ ދާއިރާއަށް ގިނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ކެރަފާ އަބްދުލްޣަނީ އަވަހާރަވެއްޖެ އެވެ.

އުމުރުފުޅުން 86 އަހަރުގައި އަވަހާރަވި އޭނާ އަވަހާރަވީ ތައިލެންޑުގެ ބެންކޮކުގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ. އޭނާ އަވަހާރަވިއިރު އާލާސްކަންފުޅާ އުޅުއްވާތާ ވެސް ގިނަ ދުވަސްތަކެއް ވެފައިވެ އެވެ.

ޣަނީ އަވަހާރަވުމާ ގުޅިގެން ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، ”ރާއްޖޭގެ ފަތުރުވެރިކަމަށް ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވި (ކެރަފާ ޢަބްދުލްޣަނީ) އަވަހާރަވި ޚަބަރު އެހީ ފުން ހިތާމައާ އެކުގައި“ ކަމަށެވެ. އަދި މަރްޙޫމްގެ އާއިލާއަށް ތައުޒިޔާ ދަންނަވައި، މާތްﷲ މަރްޙޫމްގެ ފުރާނަ ޖަންނަތުލް ފިރުދައުސްގައި ލެއްވުމަށް އެދި ދުޢާ ކުރައްވާފައިވެ އެވެ.

ކެރަފާ ޣަނީއަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ބައްޕާފުޅާއި، ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިޙުގެ އަނބިކަނބަލުން ފަޒްނާ އަހުމަދުގެ މަންމާފުޅާ އެއްބަނޑު އެއްބަފާ ބޭފުޅެކެވެ. މެކޭނިކަލް އަދި އިލެކްޓްރިކަލް ޑިޒައިން ދާއިރާއިން ޚާއްސަވެފައިވާ އިންޖިނިއަރެއް ކަމުގައިވާ އޭނާއަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެކެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، އެމަނިކުފާނުގެ ބޮޑުބޭބެ، ކެރަފާ އަބްދުލްޣަނީއަކީ ރާއްޖޭގައި ފަތުރުވެރިކަމާއި މަސައްކަތުގެ ހުނަރު ދަސްކޮށްދިނުން ފަދަ ދާއިރާތަކަށް މަސައްކަތްކޮށްދެއްވި ޚިދުމަތްތެރިއެއް ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ހުސައިން މުހައްމަދު ލަތީފް ރައީސް މުހައްމަދު ނަޝީދު

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ