ނޮޅިވަރަމުގައި 30 އެނދުގެ ހޮސްޕިޓަލެއްގެ މަސައްކަތް މި އަހަރު ފަށާނަން: ރައީސް މުއިއްޒު

Advertisement

އެންމެ ފަސް

Advertisement

ހދ. ނޮޅިވަރަމްގައި 30 އެނދުގެ ހޮސްޕިޓަލެއް އެޅުމަށް ނިންމައި، މި މަސައްކަތް މި އަހަރު ފެށުމަށް ހަމަޖެހިފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް މުއިއްޒު މިހެން ވިދާޅުވީ ހދ. އަތޮޅުގެ ރަށްތަކަށް މިހާރު އެމަނިކުފާނު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ނޮޅިވަރަމްގެ ރައްޔިތުންނާ ބައްދަލު ކުރައްވާ ދެއްކެވި ވާހަކަފުޅުގަ އެވެ.

ރައީސް މުއިއްޒު ވިދާޅުވީ، ދެހާސް މީހުން ދިރިއުޅޭ އެ ރަށުގައި ސިއްހީ ދާއިރާގެ މަސައްކަތަކީ ކޮންމެހެން ވެސް ކުރަންޖެހިފައިވާ މަސައްކަތެއް ކަމަށެވެ.

ރައީސް މުއިއްޒު ވަނީ ހޮސްޕިޓަލުގެ މަޝްރޫ ނިމެންދެން މިހާރު ހުރި ސިއްހީ މަރުކަޒަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމަށް މަސައްކަތްކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ. މިގޮތުން އެތެރެހަށީގެ ޑޮކްޓަރަކާއި، އެކްސްރޭ މެޝިނާއި، ދަތުގެ ފަރުވާއަށް ބޭނުންވާ ވަސީލަތްތައް ވަރަށް އަވަހަށް ޤާއިމްކުރެވޭނެ ކަމަށް ރައީސް ވިދާޅުވެފައިވެ އެވެ.

މިކަންކަން ކުރިއަށް ގެންދަން ފިނޭންސް މިނިސްޓްރީން މިހާރުވާނީ ކަމާ ބެހޭ ފަރާތްތަކަށް ހުއްދަ ދީފައިކަމަށް ރައީސް ވިދާޅުވި އެވެ. މީގެ އިތުރުންވެސް ސިއްހީ މަރުކަޒުގެ ހިދުމަތްތައް ރަނގަޅު ކުރަން ބޭނުންވާ ކަންކަން ކޮށްދެއްވާނެކަމަށް ރައީސް ވިދާޅުވި އެވެ.

30 އެނދުގެ ހޮސްޕިޓަލްގެ އަމަލީ މަސައްކަތް ފެށި ނިމެން އަދި އޮންނާނެ ދުވަސްކޮޅެއް. ކޮންމެ ގޮތެއް ވިޔަސް. އެ މަޝްރޫ ނިމެންދެން މިހާރުގެ ހިދުމަތްތައް ވަރުގަދަ ކުރަން އަޅުގަނޑު ބޭނުން.

ނޮޅިވަރަމުގެ އިތުރުން ސަރުކާރުން ވަނީ ހދ. ހަނިމާދޫ، ށ. މިލަންދޫ، ނ. ވެލިދޫ، ކ. ތުލުސްދޫ، އދ. މާމިގިލި، ވ. ފެލިދޫ އަދި ތ. ވިލުފުށީގައި ވެސް ހޮސްޕިޓަލް އެޅުމަށް ނިންމައި، އެ މަސައްކަތްތައް އެކި ކުންފުނިތަކާ ހަވާލުކޮށްފަ އެވެ.

މި މަޝްރޫއުތަކަކީ ރާއްޖޭގެ ސިއްހީ ދާއިރާ ހަރުދަނާކޮށް، ރައްޔިތުންނަށް ފޯރުކޮށްދޭ ސިއްހީ ޚިދުމަތްތައް ފުޅާކުރުމަށް ސަރުކާރުން ކުރިއަށް ގެންދާ މަސައްކަތްތަކުގެ ތެރެއިން ބައެކެވެ.

ހދ. ނޮޅިވަރަމް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ