ނުކުޅެދުންތެރިކަން ހުންނަ މީހެއްކަން އެސެސްމަންޓުން ދެއްކުމުން ޖިންސީ ގޯނާގެ ދައުވާ އަނބުރާ ގެންގޮސްފި

Advertisement

އެންމެ ފަސް

Advertisement

ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތު ކުރެވޭ މީހެއްގެ ކިބައިގައި ދައުވާލިބިގަތުމުގެ ކުޅަދާނަކަން ނެތްކަމަށް މެޑިކަލް އެސެސްމަންޓުން ދެއްކުމުން ދައުވާ އަނބުރާ ގެންގޮސްފި އެވެ.

މި މައްސަލައިގެ ދައުވާ ފޯމު ބާތިލުކޮށް ހައިކޯޓުން އާންމުކުރި ރިޕޯޓުގައި ބުނެފައިވަނީ، ދައުލަތުން އިސްތިއުނާފު ކުރި މި މައްސަލަ އިތުރަށް ކުރިއަށް ނުގެންގޮސް ބާތިލުކޮށްދިނުމަށް ދައުލަތުން މި މަހުގެ 6 ވަނަ ދުވަހު ހައިކޯޓަށް ސިޓީއަކުން އަންގާފައިވާ ކަމަށެވެ.

އެގޮތުން ޕީޖީން އެދުނު ސަބަބެއްގެ ގޮތުން ބުނެފައިވަނީމި މައްސަލަ އިތުރަށް މުރާޖައާކުރިއިރު، ހާދިސާ ހިނގިފަހުން 6 އަހަރު ވެފައިވާތީއާއި، މި މައްސަލައިގައި ހައިކޯޓުން އަމުރުކޮށްގެން ތައްޔާރުކުރި މެޑިކަލް އެސެސްމަންޓަށް ބަލާއިރު މި މީހާއަކީ ދައުވާ ލިބިގަތުމަށް ކުޅެދޭ މީހެއްކަމަށް ނުފެންނާތީ މި މައްސަލަ ކުރިއަށް ގެންދަން ބޭނުންނުވާ ކަމަށް ބުނެ އެވެ.

މީގެއިތުރުން މި މީނާއަށް ބޭނުންވާ ފަރުވާގެ އިންތިޒާމުތައް ހަމަޖެއްސުމަށް އެރަށު ކައުންސިލާ ގުޅިގެން މަސައްކަތްކުރަމުން ގެންދާ ކަމަށް ފުލުހުންވެސް މައުލޫމާތު ދީފައިވާ ކަމަށް ޕީޖީގެ ސިޓީއާ ހަވާލާދީ ރިޕޯޓުގައި ބުނެފައިވެ އެވެ.

އެހެންވެ މި މައްސަލަ ބެއްލެވި ފަނޑިޔާރު މުހައްމަދު ނިޔާޒް، ފަނޑިޔާރު އަބްދުލްމާނިއު ހުސައިން އަދި ފަނޑިޔާރު އަބްދުﷲ ޖަމީލް މޫސާގެ އިއްތިފާގުން މި މައްސަލައިގެ ދައުވާ ފޯމު ވަނީ ބާތިލުކޮށްފަ އެވެ. މި މައްސަލައިގެ ބާވަތުން މި މައްސަލަ ރައްދުވާ މީހާގެ މައުލޫމާތާއި، ރަށާއި، މައްސަލަ ފުރަތަމަ މަރުހަލާގައި ބެލި މެޖިސްޓްރޭޓް ކޯޓު އެނގޭނެ ފަދަ ތަފުސީލުތައް ހައިކޯޓު ރިޕޯޓުން ވަނީ އުނިކޮށްފަ އެވެ.

ހައި ކޯޓު ޕްރޮސެކިއުޓަ ޖެނެރަލްގެ އޮފީސް (ޕީޖީ އޮފީސް)

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ