ހދ. ހަނިމާދޫގައި ގާއިމްކުރުމަށް ނިންމާފައިވާ 30 އެނދުގެ ހޮސްޕިޓަލްގެ ބިންގާ އަޅައިފިއެވެ.
އެ ހޮސްޕިޓަލުގެ ބިންގާ އަޅުއްވައިދެއްވީ މިނިސްޓާ އޮފް ހެލްތް އޮނަރަބަލް އަބްދުއްﷲ ނާޒިމް އިބްރާހިމް އެވެ. އަދި މިނިސްޓަރުގެ އަރިހުގައި އާރުޑީސީގެ މެނޭޖިން ޑިރެކްޓާ އަލްފާލިލް އިބްރާހިމް ނަޒީމް އަދި ހަނިމާދޫ ކައުންސިލްގެ ރައީސް އަބްދުއް ސައްތާރު ހަސަން އެވެ.
މި ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ބައިވެރިވެ ވަޑައިގެންނެވިއެވެ.
މި ހޮސްޕިޓަލުގެ މަސައްކަތް ނިމޭއިރު ރަށުގެ ސިއްޙީ ދާއިރާގެ ޚިދުމަތް ވަރުގަދަވާނެކަމަށް ރައީސް ޑރ. މުއިއްޒު ރޭގައި ހަނިމާދޫ ރައްޔިތުންނާ ބައްދަލު ކުރައްވައި ވިދާޅުވިއެވެ. އަދި އޭގެ ކުރިންވެސް މިހާރު ހުރި ސިއްޙީ މަރުކަޒުގެ ޚިދުމަތް ފުޅާކުރުމަށް މަސައްކަތްކުރައްވާކަމަށް ވިދާޅުވިއެވެ.
އެގޮތުން ރައީސް ވިދާޅުވީ މިއަހަރު ނިމުމުގެ ކުރިން ހަނިމާދޫ ސިއްޙީ މަރުކަޒުގައި ޑައިލިސިސްގެ ޚިދުމަތާއި، ކުޑަކުދިންގެ ބަލިތަކަށް ޚާއްޞަ ޑޮކްޓަރަކާއި އަންހެނުންގެ ބަލިތަކަށް ޚާއްޞަ ޑޮކްޓަރެއްގެ ޚިދުމަތް ލިބޭނެ އިންތިޒާމުތައް ހަމަޖައްސަވައިދެއްވާނެ ކަމަށެވެ.
މި ހޮސްޕިޓަލްގެ އިތުރުން ފުލުހުންގެ މަރުކަޒާއި ފިޓްނަސް އެނޑް ރެކްރިއޭޝަން ގެ ވެސް ބިންގާ އަޅާފައިވެއެވެ.
ފުލުހުންގެ މަރުކަޒުގެ ބިންގާ އަޅައިދިނީ މިނިސްޓާ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ އަލީ އިހްސާން އެވެ. އަރިހުގައި ކޮމިޝަނާ އޮފް ޕޮލިސް އާރުޑީސީގެ މެނޭޖިން ޑިރެކްޓާ އަދި ހަނިމާދޫ ކައުންސިލްގެ ރައީސް ބައިވެރިވެވަޑައިގެންނެވިއެވެ.
ހދ. ހަނިމާދޫ ހެލްތް މިނިސްޓަރ އަބްދުﷲ ނާޒިމް އިބްރާހިމް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިނިސްޓްރީ އޮފް ހެލްތް