ގައުމީ ދުވަހު ރައީސް މުއިއްޒު ރައްޔިތުންނާ ބައްދަލު ކުރެއްވުން؛ ފަހު މަންޒިލަކަށް ހަނިމާދޫ

Advertisement

އެންމެ ފަސް

Advertisement

ރައީސް ޑރ. މުހައްމަދު މުއިއްޒު ހދ. ހަނިމާދޫއަށް ވަޑައިގަންނަވައިފިއެވެ.

ރައީސް ހަނިމާދޫ އަށް ވަޑައިގަންނަވާފައިވަނީ  މިހާރު ހދ. އަތޮޅަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ. އެ ރަށަށް ވަޑައިގެންނެވުމުން އެ ރަށުން ރައީސް އަށް ހޫނު މަރުހަބާއެއް ކިޔާފައިވެއެވެ.

ރައީސް މި ރަށުގެ ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީއާ ބައްދަލު ކުރައްވާނެ އެވެ. ހަނިމާދޫގައި އަލަށް ގާއިމްކުރާ ފިޓްނެސް އެންޑް ރެކްރިއޭޝަން ސެންޓަރާއި ފުލުހުންގެ މަރުކަޒުގެ ބިންގާ އެޅުން ކުރިއަށް ދާނެއެވެ. އަދި އެ ރަށުގެ ހޮސްޕިޓަލްގެ އާ އިމާރާތުގެ ބިންގާ އެޅުން ވެސް ކުރިއަށް ދާނެއެވެ. މީގެ އިތުރުން އެ ރަށުގައި ގާއިމްކޮށްފައިވާ ބޭންކް އޮފް މޯލްޑިވްސްގެ އޭޓީއެމް އިފްތިތާހުކުރުންވެސް ކުރިއަށްދާނެއެވެ.

ހަނިމާދޫ އަކީ ހދ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގެ ތިންވަނަ ދަތުރުފުޅެވެ. އެންމެ ފުރަތަމަ ވަޑައިގެންނެވީ ހިރިމަރަދޫއަށެވެ. އެއަށް ފަހު ދެން ވަޑައިގެންނެވީ ފިނޭއަށެވެ.

ހދ. ހަނިމާދޫ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ