ރަސްމާލޭގެ އިތުރު 2 ސައިޓެއްގެ ބިން ހިއްކަން ފަށައިފި

Advertisement

Advertisement

އެންމެ ފަސް

Advertisement

ރާއްޖޭގެ އެންމެ ބޮޑު ބިން ހިއްކުމުގެ މަޝްރޫޢުތަކުގެ ތެރޭގައި ހިމެނޭ ރަސްމާލެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތުގެ ދަށުން، ރަސްމާލެ ސީ އަދި އީ ސައިޓް ހިއްކަން ފަށައިފި އެވެ.

މި ދެ ސަރަހައްދަކީ 265 ހެކްޓަރުގެ ސަރަހައްދެކެވެ. މި މަޝްރޫއަށް ބޭނުންވާ ބޮޑު ޑްރެޖަރެއް މިހާރު ވަނީ ސައިޓަށް މޮބިލައިޒްކުރެވިފަ އެވެ.

ކ. ފުށިދިއްގަރުފަޅުން ޖުމްލަ 1009 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވާއިރު، މިހާތަނަށް 129.60 ހެކްޓަރު (12.84%) ވަނީ ހިއްކާ ނިމިފަ އެވެ. ރަސްމާލޭގެ ސީ އަދި އީ ސައިޓް ހިއްކުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ޗައިނާ ހާބަރ އިންޖިނިއަރިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާ އެވެ. މިކަމަށްޓަކައި އެއްބަސްވުމުގައި ސޮއިކުރެވިފައިވަނީ 2 އޮގަސްޓް 2025 ގަ އެވެ.

މި ސައިޓުގައި މިހާރުވެސް ބިން ހިއްކުމަށް ބޭނުންވާ ބަންޑް ޖެހުމުގެ މަސައްކަތް ކުރިއަށްދާކަމަށް މަޢުލޫމާތު ލިބެ އެވެ. ބިން ހިއްކުމަށް ބޭނުންކުރާ ޑްރެޖަރަކީ ޓްރެއިލަރ ސަކްޝަން ހޮޕަރ ޑްރެޖަރެއް ކަމަށްވާ ޖުން ޔޭންގް 1 އެވެ. މި ޑްރެޖަރުގެ ކެޕޭސިޓީއަކީ 21،000 ކިޔުބިކް މީޓަރެވެ. މިއީ ރަސްމާލެ ހިއްކުމަށް މިހާތަނަށް ބޭނުންކުރި ޑްރެޖަރުތަކަށް ވުރެ ދެގުނަ ބޮޑު ޑްރެޖަރެއްކަން ފާހަގަކޮށްލެވެ އެވެ.

ރަސްމާލެ މަޝްރޫޢުގެ ދަށުން ކުރިއަށްދާ އެހެނިހެން މަސައްކަތްތަކަށް ބަލާއިރު، ރަސްމާލެ ސައިޓް ޖޭ އިން 29 ހެކްޓަރުގެ މަސައްކަތް ވަނީ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީއެމްސީ) އާ ހަވާލުކުރެވިފަ އެވެ. މި ސައިޓުގެ 29 ހެކްޓަރު (100%) ބިން ހިއްކުން މިހާރު ވަނީ ނިމިފަ އެވެ. މި ސައިޓުގައި މިހާރު ކުރިއަށްދަނީ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ފެށުމަށް ވާންޖެހޭ ތައްޔާރީތަކެވެ.

މި މަޝްރޫގެ ސަރަހައްދުގައި ހުރި ތިމާވެއްޓަށް އަސަރުކުރާނެ ކަމަށް ބެލެވޭ ކަންކަން ހުއްޓުވުމަށްޓަކައި، ކ. ފުށިދިއްގަރުފަޅުން ހިއްކުމަށް ހަމަޖެހިފައިވާ ސަރަހައްދުތަކުން 21،641 މުރަކަ ރައްކާތެރިކަމާއެކު ނެގުމަށްފަހު ވަނީ ކ. ބެންހާފަރު، ކ. މަނިޔަފުށި، އަދި ބައެއް ރިސޯޓުތަކުގެ މުރަކަ އާލާކުރުމުގެ ޕްރޮގްރާމްތަކަށް ބަދަލުކުރެވިފަ އެވެ. ރަސްމާލެ ސައިޓް ޑީ، އެފް، ޖީ، އެލް އިން 394 ހެކްޓަރުގެ މަސައްކަތްތައް ވެސް މި މަޝްރޫޢުގެ ދަށުން ކުރިއަށްދާނެ އެވެ.

ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ރަސްމާލެ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީއެމްސީސީ)

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ