ހަފްތާއެއް ތެރޭ 13 އިންސައްތަ ހިއްކައި، ފޭސް ތިނަކާ ފަރުކޮޅުފުއްޓާ ގުޅުވާލައިފި

Advertisement

Advertisement

އެންމެ ފަސް

Advertisement

ހުޅުމާލެ ފޭސް ތިނެއް ހިއްކުމުގެ މަސައްކަތުގެ 63 އިންސައްތަ މިހާރު ނިމިފައިވާ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ހާމަކޮށްފި އެވެ.

ހުޅުމާލެ ފޭސް 3 ހިމެނޭގޮތަށް، މާލެ ސަރަހައްދުގެ ބިން ހިއްކުމުގެ ގިނަ މަސައްކަތްތައް ކުރިއަށްގެންދަނީ އެމްއޭސީއެލްގެ ސަބްސިޑަރީ ކުންފުންޏެއްކަމަށްވާ ޕެނިންސިއުލާ އިންފްރާސްޓްރަކްޗާ ޕްރައިވެޓް ލިމިޓެޑް އިންނެވެ. އެ މަސައްކަތް ކުރިއަށްގެންދިއުމަށް އެމްއޭސީއެލް އިން ހަވާލުކޮށްފައިވަނީ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން (ސީއެމްސީސީ) އާ އެވެ.

މީގެ ހަފްތާއެއްކުރިން، މި މަހުގެ 16 ވަނަ ދުވަހު އެމްއޭސީއެލް އިން ބުނި ގޮތުގައި މަޝްރޫއުގެ ދަށުން ހިއްކަންޖެހޭ 63 ހެކްޓަރުގެ ތެރެއިން 50 އިންސައްތަ ވަނީ ހިއްކާ ނިންމާލާފަ އެވެ. އެއީ 31.5 ހެކްޓަރުގެ ބިމެވެ.

މަޝްރޫއުގެ އަދާހަމަ މީޑިއާތަކާއި ހިއްސާކުރަމުން އެމްއޭސީއެލް އިން މިއަދު ބުނި ގޮތުގައި މިހާރު ވަނީ މަޝްރޫއުގެ ދަށުން ހިއްކަންޖެހޭ ބިމުގެ 40 ހެކްޓަރުގެ ބިން ހިއްކާ ނިންމާލާފަ އެވެ. އެއީ މުޅި މަޝްރޫއުގެ 63 އިންސައްތަ އެވެ. އެހެންކަމުން ހަފްތާއެއް ތެރޭގަ ވަނީ މަޝްރޫއުގެ އިތުރު 13 އިންސައްތަ ނިންމާލާފަ އެވެ. އަދި މަޝްރޫއުގެ ދަށުން ހިއްކަ ސަރަހައްދާ، ފޭސް ދޭއްކާއި މިހާރު ވަނީ ގުޅުވާލައިފަ އެވެ. އެގޮތުން ކުރިން ނުހިއްކި އޮތް ފަރުކޮޅުފުއްޓާ، ފޭސް ތިނަކާއި ގުޅޭ ހިސާބުވެސް ވަނީ އެއްކޮށް ހިއްކައި، އެބައިވެސް ގުޅުވާލާފަ އެވެ.

ހުޅުމާލެ ފޭސް ތިނެއް ހިއްކުމުގެ މަސައްކަތުގެ ބޮޑު ބައެއް ނިންމާލާފައި – އެމްއޭސީއެލް އިން ބުނާ ގޮތުގައި މަސައްކަތުގެ މިހާރު ވަނީ 60 އިންސައްތަ ނިންމާފަ — ފޮޓޯ: އެމްއޭސީއެލް

ހުޅުމާލެ ފޭސް 3 ގެ ބިން ހިއްކުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ދެ ބޮޑު ޑްރެޖަރު ބޭނުން ކުރަމުންދެ އެވެ. އެއީ 22,000 ކިއުބިކް މީޓަރުގެ ކެޕޭސިޓީ ހުންނަ ޕްރިންސް ޑަރ ނެދަލޭންޑެން އާއި، ހަމަ އެ ކެޕޭސިޓީގެ އޮރަންޖް އެވެ. މި ދެ ޑްރެޖަރުންވެސް ދަނީ މަސައްކަތްތައް ހަލުވިކަމާއެކު ކުރިއަށް ގެންދަމުންނެވެ.

އެމްއޭސީއެލް އިން ހުޅުމާލެ ފޭސް 3 ހިއްކުމުގެ މަސައްކަތް ރަސްމީކޮށް ފަށާފައިވަނީ 2025 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 10 ވަނަ ދުވަހު އެވެ. އެ ކުންފުނީގެ އަމާޒަކީ މި މަސް ނިމުމުގެ ކުރިން ނުވަތަ އަންނަ މަހުގެ ކުރީކޮޅު މުޅި މަޝްރޫއުގެ މަސައްކަތް ނިންމާލާ، ސަރުކާރާ ހަވާލުކުމެވެ.

ހުޅުމާލެ ފޭސް ތިނެއް ހިއްކުމުގެ މަސައްކަތުގެ ބޮޑު ބައެއް ނިންމާލާފައި – އެމްއޭސީއެލް އިން ބުނާ ގޮތުގައި މަސައްކަތުގެ މިހާރު ވަނީ 60 އިންސައްތަ ނިންމާފަ — ފޮޓޯ: އެމްއޭސީއެލް

ރައީސް ޑރ. މުހައްމަދު މުއިއްޒު، މާލޭގެ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ބާއްވާ ބައްދަލުވުންތަކުގައި ވިދާޅުވެފައިވަނީ މިމަހުގެ ނިޔަލަށް މަސައްކަތް ނިންމާ، އަންނަ މަހުގެ ތެރޭގައި ފޭސް ތިނަކުން ގޯތައް ހަވާލުކުރުމުގެ މަސައްކަތް ފަށާނެ ކަމަށެވެ. އަދި އަމާޒަކީ އެ މަސައްކަތްވެސް ހަލުވިކަމާއެކު ނިންމާލުން ކަމަށް އެމަނިކުފާނު ވިދާޅުވެފައިވެ އެވެ.

ފޭސް ތިނެއްގެ ލޭންޑް ޔޫސް ޕެލޭނަށް ގެނައި ބަދަލާއެކު އިއްޔެ ވަނީ އަލުން ގުރު ނެގުމުގެ މަސައްކަތްވެސް ކުރިއަށްގެންގޮސްފަ އެވެ. މިނިސްޓްރީން ބުނީ ދެން އޮންނަނީ ރަޖިސްޓްރީތައް ހަވާލުކުރުމުގެ މަސައްކަތް ކަމަށެވެ.

ހުޅުމާލެ ބިން ހިއްކުން ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީއެމްސީސީ) އެމްއޭސީއެލް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ