އޭއީއެޗްގައި ނާރުގެ ބަލިތަކަށް ފަރުވާދޭން ފަށަނީ

Advertisement

އެންމެ ފަސް

Advertisement

އައްޑޫ ސިޓީ އިކުއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) ގައި ނިއުރޮލޮޖީގެ ޚިދުމަތް ފޯރުކޮށްދިނުމަށް ތައްޔާރުވަމުންދާ ކަމަށް އެ ހޮސްޕިޓަލުން ބުނެފި އެވެ.

އެކުއެޓޯރިއަލް ހޮސްޕިޓަލުން ބުނީ، މިހާރު އެހޮސްޕިޓަލުން ނާރުގެ ބަލިތަކަށް ޚާއްސަ (ނިއުރޮލޮޖީ) ޑޮކްޓަރުންގެ ޚިދުމަތް ތައާރަފްކުރުމަށް ތައްޔާރުވެފައިވާ ކަމަށެވެ.

މީގެ އިތުރުން، ހޯމޯންއާއި މެޓަބޮލިކް ބަލިތަކަށް ފަރުވާ ދިނުމަށް އެންޑޮކްރިނޮލޮޖީގެ ޚިދުމަތް މިދިޔަ މަހުން ފެށިގެން ދެމުންދާ ކަމަށާއި، ކިޑްނީއާ ގުޅުންހުރި ބަލިތަކަށް ޚާއްސަ ނެފްރޮލޮޖީގެ ޚިދުމަތްވެސް މިހާރު ލިބެމުންދާނެ ކަމަށް ބުނެފައިވެ އެވެ.

ނިއުރޮލޮޖީގެ ޚިދުމަތް ފެށުމާއެކު، ސިކުނޑިއާއި، ނާރާއި، ނާރުކައްޓާއި ގުޅުންހުރި ބަލިތަކަށް ދެވޭ ފަރުވާގެ ފެންވަރު ވަރަށް ބޮޑަށް ރަނގަޅުވެގެންދާނެ ކަމަށްވެސް އެ ހޮސްޕިޓަލުން މައުލޫމާތުދީފައިވެ އެވެ.

އޭއީއެޗްގައި ވަނީ ކިޑްނީއާ ގުޅުންހުރި ބަލިތަކަށް ޚާއްސަ ނެފްރޮލޮޖީގެ ޚިދުމަތްވެސް މިހާރު އަލުން ފެށާފަ އެވެ.

އައްޑޫ ސިޓީ

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ