ގަން އިންޓަނޭޝަނަލް އެއާޕޯޓުގެ މަގު ތަރައްޤީކުރުމުގެ މަސައްކަތް ނިންމައިފި

Advertisement

އެންމެ ފަސް

Advertisement

ގަން އިންޓަނޭޝަނަލް އެއާޕޯޓުގެ މަގު ތަރައްޤީކުރުމުގެ މަސައްކަތް ނިމިއްޖެއެވެ.

މި މަޝްރޫޢުގެ ދަށުން 4.3 ކިލޯމީޓަރުގެ މަގު ވަނީ ތަރައްޤީކޮށް ނިންމާފައެވެ.

އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް ކޮމްޕެނީގެ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ވަޙީދު ޙުސެއިން ދައުލަތުގެ މީޑިޔާ ޕީއެސްއެމްއަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ، މަގުތަކުގައި ތާރުއެޅުމުގެ މަސައްކަތް މިހާރު ވަނީ ނިމިފައި ކަމަށެވެ.

އެއާޕޯޓުގައި މިހާރު ކުރިއަށްދާ އެންމެ މައިގަނޑު މަސައްކަތަކީ، އެއަރޕޯޓުގެ ޓަރމިނަލްގެ ދެފަރާތަށް އިތުރުކުރާ އެކްސްޓެންޝަން ޓަރމިނަލް ޢިމާރާތުގެ މަސައްކަތްކަމަށް ވަޙީދު ފާހަގަކުރެއްވިއެވެ. މި މަސައްކަތުގެ ދަށުން މިހާރު ހުރި ޓާމިނަލްގެ އެއްފަޅިއަށް 15 މީޓަރު އަދި އަނެއް ފަޅިއަށް 75 މީޓަރުގެ ޢިމާރާތެއް އިތުރުކުރަމުން އަންނަ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މަސައްކަތް ކުރިއަށްދަނީ ތާވަލާ އެއްގޮތަށް ކަމަށް ފާހަގަކުރައްވާ، ވަޙީދު ވިދާޅުވީ މަސައްކަތް ދިގުލައިގެން ދިޔުމުގެ ފުރުސަތު އޮތް ނަމަވެސް، އަންނަ އަހަރުގެ ކުރީކޮޅަށް މި މަސައްކަތް ނިންމައި، މިހާރު ބޭނުންކުރަމުންދާ ޓާމިނަލް ތަރައްޤީކުރުމުގެ މަސައްކަތް ފެށޭނެ ކަމަށެވެ.

ގަން އިންޓަނޭޝަނަލް އެއާޕޯޓަކީ އަހަރަކު 1.5 މިލިޔަން ފަސިންޖަރުންނަށް ޚިދުމަތް ދެވޭ ފެންވަރަށް، ޒަމާނީ ވަސީލަތްތަކާއެކު ތަރައްޤީކުރެވޭ ޓާމިނަލެކެވެ. މި މަޝްރޫޢު ނިމުމުން އައްޑޫ ސިޓީގެ ވައިގެ ދަތުރުފަތުރުގެ ޚިދުމަތަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.

އައްޑޫ ސިޓީ އައްޑޫ ސިޓީ ކައުންސިލް މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ގަން އިންޓަނޭޝަނަލް އެއާޕޯޓް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ