މިއަހަރުގެ ބަޖެޓުން މީޑިއާތަކަށް ފައިސާ ދޭނީ އެއް ޕޭމެންޓަކަށް

Advertisement

އެންމެ ފަސް

Advertisement

”މީޑިއާތަކަށް މާލީ އެހީތެރިކަން ދިނުމާ ބެހޭ އުޞޫލު“ގެ ދަށުން ޝަރުތު ހަމަވާ އަމިއްލަ މީޑިއާތަކަށް މިއަހަރު އެއް ޕޭމެންޓެއްގެ ގޮތުގައި ފައިސާ ދޫކުރަން ނިންމާފި އެވެ.

މި އެހީތެރިކަން ދޫކުރެވޭނީ ޕަބްލިކް ސަރވިސް މީޑިއާ ފިޔަވައި އެހެން އަމިއްލަ މީޑިއާތަކަށް ކަމަށްވާއިރު، ފައިސާ ދޫކުރެވޭނީ އަހަރަކަށް ތިން ޕޭމަންޓަކަށް ބަހާލައިގެންނެވެ. ނަމަވެސް މިއަހަރުގެ ޕޭމަންޓް ދޭނީ އެއް ޕޭމެންޓެއްގެ ގޮތުގަ އެވެ.

މި އުޞޫލުގެ ދަށުން މާލީ އެހީތެރިކަން ހޯދުމަށް އެދޭ މީޑިއާތަކުގައި މައިގަނޑު ދެ ޝަރުތެއް ފުރިހަމަވާންޖެހެ އެވެ. އެއީ ރަޖިސްޓްރީ ކޮށްގެން ހިންގާ މީޑިއާއަކަށްވުމާއި، ބްރޯޑްކާސްޓް މީޑިއާއެއްނަމަ ލައިސަންސް އޮތް މީޑިއާއަކަށްވުމެވެ. އަދި މެދުނުކެނޑި ޚިދުމަތް ދޭތާ ތިން އަހަރު ވެފައިވާ ކޮންމެ މީޑިއާއަކަށްވެސް މި ގްރާންޓަށް ކުރިމަތިލެވޭނެ އެވެ.

އުޞޫލުގެ ފަސްވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުން، މާލީ އެހީތެރިކަން ހޯދުމަށް އެދޭ މީޑިއާތަކުގައި އިތުރު ޝަރުތުތަކެއްވެސް ފުރިހަމަވާންޖެހެ އެވެ. މީގެ ތެރޭގައި އާންމުންނަށް މުޢާމަލާތުކުރެވޭނެ ގޮތެއް އޮތުމާއި، މީޑިއާގެ ކޯޑް އޮފް އެތިކްސް އާއި ކޮންޑަކްޓް ޝާއިޢުކޮށްފައި އޮތުމާއި، ޓެކްސް އަދި ޕެންޝަން ސްކީމްގެ ޒިންމާތައް އަދާކުރަމުންދިޔުން ހިމެނެ އެވެ. އަދި މުވައްޒަފުންގެ މުސާރައިގެ މުޢާމަލާތްތައް ބޭންކެއް މެދުވެރިކޮށް ކުރިއަށްގެންދަންޖެހޭނެ އެވެ.

މާލީ އެހީތެރިކަން ދިނުމަށްޓަކައި އޮންލައިން ޕޯޓަލްއެއް ޤާއިމުކުރެވޭނެ އެވެ. ޕްރޮޕޯޒަލް ހުށަހެޅުމުން ފެށިގެން ފައިސާ ދޫކުރުމާ ހަމައަށް ހުރިހާ ކަމެއް ބެލެހެއްޓޭނީ މި ޕޯޓަލް މެދުވެރިކޮށެވެ. ޕްރޮޕޯޒަލް ހުށަހަޅާ ވަގުތު، ވަގުތީ ޕޮއިންޓް ފެންނަން ހުންނާނެ އެވެ. އަދި ޕްރޮޕޯޒަލް އިވެލުއޭޓްކޮށް ނިމުމުން، އިތުރު ކަންކަން ފާހަގަކުރުމާއި ޝަކުވާ ހުށަހެޅުމުގެ ފުރުޞަތުވެސް ލިބިގެންދާނެ އެވެ.

އުޞޫލުގައި ބަޔާންކޮށްފައިވާ ގޮތުން، ޕްރޮޕޯޒަލް އިވެލުއޭޓްކޮށް ނިމޭތާ ލަސްވެގެން ހަތް ދުވަހުގެ ތެރޭގައި ފައިސާ ދޫކުރެވޭނެ އެވެ. އަދި މީޑިއާއަކަށް ލިބޭ ޖުމްލަ ޕޮއިންޓާއި ފައިސާގެ އަދަދު އާންމުކޮށް ފެންނަން ހުންނާނެ އެވެ.

މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ