މަތިވެރި ބިން ހިއްކުމާއި އެއާޕޯޓް ތަރައްގީކުރުން އެމްއޭސީއެލްއަށް

Advertisement

އެންމެ ފަސް

Advertisement

އއ. މަތިވެރީގައި ބިން ހިއްކުމާއި އެއާޕޯޓް ތަރައްގީކޮށް އޮޕަރޭޓް ކުރުމުގެ މަޝްރޫއު މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)އާ ހަވާލުކޮށް އެއްބަސްވުމުގައި މިރޭ ސޮއިކޮށްފިއެވެ.

މި އެއްބްވުމުގައި ސޮއިކުރެވުނީ ރައީސް ޑރ. މުހައްމަދު މުއިއްޒު އއ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން މަތިވެރީގައި ބޭއްވި ހާއްސަ ޖަލްސާގައެވެ. މި އެއްބަސްވުމުގައި މާލީ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ ޙުސައިން ޢިމްރާން އަދި އެމްއޭސީއެލްގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރ އިބްރާޙިމް ޝަރީފް މުޙައްމަދެވެ.

މި މަޝްރޫއުގެ ދަށުން 26.5 ހެކްޓަރުގެ ބިން ހިއްކުމާއެކު އެއާޕޯޓް ތަރައްގީކުރެވޭނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ. ”މި އެއާޕޯޓަކީ ދެކޮޅު ޖެހޭނެ، ފުރިހަމަ ހިސާބު ދިމާވާ އަދި 100 ޕަސަންޓް ފީސިބަލް ޕްރޮޖެކްޓެއް. ޖުމްލަކޮށް މިއީ ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީއަށް ވެސް ފައިދާ ހުރި މަޝްރޫއެއް،“ ރައީސް ވިދާޅުވިއެވެ.

މި މަޝްރޫއުގެ ދަށުން 1500 މީޓަރުގެ ދިގު އަދި 30 މީޓަރު ފުޅާ ރަންވޭއެއް ތަރައްގީކުރެވޭނެއެވެ. މީގެ އިތުރުން ޓެކްސީވޭއާއި އޭޕްރަން، ފަސިންޖަރުންގެ ޓާމިނަލް، ފަޔަރ ސްޓޭޝަން އަދި އެއަރޕޯޓުގެ ޚިދުމަތްދޭ މަގުތައްވެސް ތަރައްގީކުރެވޭނެއެވެ. މި މަސައްކަތްތައް 2 އަހަރާއި 6 މަސް ދުވަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

މަތިވެރީގައި އެއަރޕޯޓް ތަރައްގީކުރުމުން އެރަށާއި އަތޮޅަށް ފައިދާވުމުގެ އިތުރުން ފަތުރުވެރިކަމުގެ ސިނާއަތަށްވެސް ފައިދާކުރާނެ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އއ. މަތިވެރި އެމްއޭސީއެލް އެމްއޭސީއެލްގެ އެމްޑީ އިބްރާހިމް ޝަރީފް މިނިސްޓްރީ އޮފް ފިނޭންސް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ