ސަރުކާރުގެ ވަފުދެއް ވަރަށް އަވަހަށް ޗައިނާއަށް ދާނެ: މިނިސްޓަރު ހަލީލް

Advertisement

Advertisement

އެންމެ ފަސް

Advertisement

ސަރުކާރުގެ ވަފުދެއް ވަރަށް އަވަހަށް ޗައިނާއަށް ދާނެ ކަމަށް ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލު މިއަދު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު ހަލީލު މިހެން ވިދާޅުވީ މިއަދު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ތިމަރަފުށީ ދާއިރާގެ މެންބަރު އަހްމަދު ރިޔާޒު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

މެންބަރު ރިޔާޒު ކުރެއްވި ސުވާލަކީ ޗައިނާއަށް މިނިސްޓަރު ހަލީލު ދަތުރެއް ކުރެއްވުމަށް މިއިން ޒަމާނެއްގައި އެބަ އޮތްތޯއާއި އެފަދަ ދަތުރެއް ހަމަޖެހިފައިވާނަމަ އެއީ ކޮން އިރަކުތޯ އެވެ.

މި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ހަލީލު ވިދާޅުވީ، ގައުމުތަކާ އޮންނަ ގުޅުން ވަރުގަދަކުރުމަށްޓަކައި ބައްދަލުވުންތައް ބޭއްވުމުގެ އިތުރުން، އެކި ގައުމުތަކަށް ދަތުރުތައް ވެސް ކުރައްވަމުން ގެންދަވާ ކަމަށެވެ.

”އިރާދަކުރެއްވިއްޔާ ވަރަށް ކައިރި މުސްތަގުބަލެއްގައި ތިބޭފުޅުންނަށް ފެނިވަޑައިގަންނަވާނެ ރާއްޖޭގެ ވަފުދެއް ޗައިނާއަށް ދަތުރެއް ކުރާ ތަން،“ ހަލީލު ވިދާޅުވި އެވެ.

ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވުމަށް ފަހު ވަނީ ޗައިނާއަށް ރަސްމީ ދަތުރުފުޅެއް ކުރައްވާފަ އެވެ. އެ ދަތުރުފުޅުގައި ސަރުކާރުގެ އިސް ވަފުދެއް އެމަނިކުފާނުގެ އަރިހުގައި ބައިވެރިވެ ވަޑައިގެންނެވި އެވެ.

މި ސަރުކާރުން ގެންގުޅޭ ހާރިޖީ ސިޔާސަތަކީ ރާއްޖޭގެ މިނިވަންކަމަށް ބުރޫ ނާރާ ގޮތަށް އެކުވެރިކަމުގެ ގުޅުން ބަދަހި ކުރަން ބޭނުންވާ ގައުމުތަކާއެކު ގުޅުން ބަދަހިކުރުންކަމަށް ރައީސް މުއިއްޒު މީގެ ކުރިން ވިދާޅުވެފައިވާއިރު މި ސަރުކާރަކީ ޗައިނާއާ ވަކިން ގާތް ސަރުކާރެއްކަމަށް ބައެއް ފަރާތްތަކުން ސިފަ ކުރެ އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލިސް ރާއްޖެ - ޗައިނާ ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ